މަތީގައިވާ ވީޑިއޯ އިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން  ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެކެވެ.

މިމީހާ ހޯދަމުންދަނީ 2017 އޭޕްރީލް 13 ވަނަ ދުވަހުގެ ވަގުތެއްގައި އިސްކަންދަރު ސްކޫލް ގޯތިތެރޭގައި ހުރި ގޮނޑިއެއްގެ މަތީގައި ބާއްވާފައި އޮތް އަތް ދަބަހެއް ގެއްލިފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

Iskandharu

ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.