gadh

މާލެއިން ގދ. ކާނޑެއްދުއަށް ދިޔަ ފްލައިޓަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ 98 ރަބަރު ޕެކެޓާއެކު 27 އަހަރުގެ އަންހެކު ކާނޑެއްދޫ އެއަރޕޯޓުން ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރޭ ދަންވަރު ކާނޑެއްދޫއަށް ޖެއްސި ފްލައިޓުން އޭނާ ކާނޑެއްދޫއަށް ފޭބިތަނުން ފުލުހުން ވަނީ އޭނާ ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ފުލުހުން އޭނާގެ ހަށިގަނޑު ބަލާ ފާސްކުރިކުރުމުން މަސްތުވާތަކަތި ކަމަށް ބެލެވޭ އެއްޗެއް ހުރި 98 ޕެކެޓްތައް ފެނިފައިވަނީ އޭނާގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުއްޓައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ މިމައްސަލަ ތަހްޤީޤްކުރަމުންނެވެ.