
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ ތަފާތު ދެމައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
އެދެމީހުންނަކީ ކ.މާލެ / ހ.މެރީގޯލްޑްވިލާ، އިބްރާހީމް ނިޔާޒް (43އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ރަބީއުﷲ މުޙައްމަދު (24އ) އެވެ
އެދެމީހުންގެ ތެރެއިން ކ.މާލެ / ހ.މެރީގޯލްޑްވިލާ، އިބްރާހީމް ނިޔާޒް (43އ) ހޯދަމުންދަނީ ފުލުހުން ތަޙްޤީޤް ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ރަބީއުﷲ މުޙައްމަދު (24އ) ހޯދަމުން ގެންދަނީ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެންނެވެ.
ވީމާ މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.