01

ޕޮލިސް އެކަޑަމީން ހިންގި ބެޓަން އެންޑް ކްއިކް ކަފް ކޯހާއި ސެލްފް ޑިފެންސް ކޯހުން ފާސްވި ބައިވެރިންނަށް ސެޓްފިކެޓާއި އެއްވަނަ ހާސިލް ކުރި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލު ކޮށްފިއެވެ.

ނިމިދިޔަ ހަފްތާގައި  ދ.ވާނީ ޕޮލިސް ޓްރެނިންގ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ކޯހުން ފާސްވި ބައިވެރިންނަށް ސެޓްފިކެޓާއި އެއްވަނައަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮއްދެއްވީ ސަރވިސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓް ގެ ޑެޕިއުޓީ ހެޑްސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމަށް ބައިނަލް އަޤްވާނީ ފެންވަރަށް ފުލުހުން ބިނާކުރުމަށް ޕޮލިސް އެކަޑަމީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

Aca

މީގެ އިތުރުންވެސް ފުލުހުންގެ އަޚުލާޤާއި ސުލޫކު ހިފަހައްޓައިގެން، ސްކޫލް ކުދިންނަށާއި، މުޖުތަމަޢުގެ އެހެންމީހުންނަށްވެސް އަބަދުވެސް ހެޔޮ ނަމޫނާ ދައްކާ އަދި މަތިވެރި އަޚުލާޤުގެ ވެރި ބަޔަކަށްވުމަށް ގަދައަޅާ މަސައްކަތްކުރުމަށް މި ރަސްމިއްޔާތުގެ ބައިވެރިންނަށް ނަސޭހަތްތެރިވެލެއްވިއެވެ.

0002

ފެބްރުއަރީ 11 ވަނަ ދުވަހުން ފެށިގެން މާރޗް 04  ގެ  ނިޔަލަށް ކުރިއަށް ގެންދިޔަ  ބެޓަން އެންޑް ކްއިކް ކަފް ކޯހުން ޖުމްލަ  18 ފުލުހަކު ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލުކޮށްފައިވެއެވެ . އަދި  ފެބްރުއަރީ 11ން 09 އަށް ކުރިއަށް ގެންދިޔަ ސެލްފް ޑިފެންސް ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާޞިލުކޮށްފައިވަނީ ޖުމްލަ 19 ފުލުހުންނެވެ .