ލ.ގަން/ތުނޑި،ކުރިބޯށި، އަޙްމަދު ޝަމީމް (ކ)    ލ.ގަން/ތުނޑި،ބްލޫލައިޓް، އަޙްމަދު އަޝްފާޤް (ވ)
ލ.ގަން/ތުނޑި،ކުރިބޯށި، އަޙްމަދު ޝަމީމް (ކ) ލ.ގަން/ތުނޑި،ބްލޫލައިޓް، އަޙްމަދު އަޝްފާޤް (ވ)

ލ.ގަން ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ލ.ގަން/ތުނޑި،ކުރިބޯށި، އަޙްމަދު ޝަމީމް (26އ) އާއި ލ.ގަން/ތުނޑި،ބްލޫލައިޓް، އަޙްމަދު އަޝްފާޤް (23އ) އެވެ.

 ވީމާ މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ލ.ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791261 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.