trafficoperation

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ.ވާދޫ ޕޮލިސް ސްޓޭޝަނުންނާއި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން އެދެ ރަށުގެ އެއްގަމު އުޅަނދުތައް ބަލައި ފާސްކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި  އިއްޔެ ހަވީރު 17:30 ން  ރޭގެ 21:30 އަށް  ކުރިއަށްގެންދިޔަ ހަރަކާތުގައި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ތައް އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްހުރިތޯ ބަލައި ފާސްކޮށްފައިވާއިރު  ތަފާތު އެކި މައްސަލަތަކާއި ގުޅިގެން 5 އުޅަނދަކާއިމެދު  ފިޔަވަޅު އަޅާފައިވެއެވެ.

   vaadhoo traffic

މީގެ އިތުރުން ނިމިދިޔަ ހަފްތާގައި ގދ.ވާދޫގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ވާދޫގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމަށް ފުލުހުން ވާދޫގެ އެކި ސަރަޙައްދުގައި ވެހިކަލް ޗެކްޕޮއިންޓްތައް ޤާއިމްކޮށް ވެހިކަލްތަކުގެ އަހަރީފީއާއި އިންސްއަރެންސް ސްޓިކާއާއި ރޯޑްވާދިނަސްއާއި އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލައި ޗެކްކޮށްފައިވެއެވެ. އެގޮތުން ވާދޫގައި ދުއްވާ އުޅަނދުތައް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފުވި 3 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

އެދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ދެ އޮޕަރޭޝަނުގައި ގައްދޫ އަދި ވާދޫގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.