museum1
ފުލުހުންގެ ތާރީޚާގުޅޭ މަޢުލޫމާތު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ދީފިއެވެ.

މިމަޢުލޫމާތު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ދީފައިވަނީ އިއްޔެ ހެނދުނު ޕޮލިސް މިއުޒިމްއަށް ކުރި ޒިޔާރަތުގެ ތެރެއިންނެވެ. އެގޮތުން މި ޒިޔާރަތުގައިވަނީ ޕޮލިސް މިއުޒިއަމްގައި ޑިސްޕްލޭ ކުރެވުފައިވާ ފުލުހުންގެ ތާރީޚީ ތަކެއްޗާއި ބެހޭ މަޢުލޫމާތާއި، 29 މާރިޗް 1933 ން ފެށިގެން ފުލުހުންގެ މުއަސަސާގެ ތަރައްޤީއަށް ލިބިފައިވާ ކުރިއެރުންތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައެވެ.

museum

މީގެއިތުރުން ޒިޔާރަތުގައި ބައިވެރިވި ދަރިވަރުންނަށް ޕޮލިސް މިއުޒިއަމްގެ ފަރާތުންވަނީ ލީފްލެޓާއި ޕޮލިސް ކަލަންޑަރު ހަދިޔާކޮށްފައެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ޕޮލިސް މިއުޒިއަމްއަށްކުރި މި ޒިޔާރަތަކީ އެދަރިވަރުން ކިޔަވަމުންދާ ސޯޝަލް ސްޓަޑީޒް މާއްދާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި އެސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ 86 ދަރިވަރުންނާއި 8 ޓީޗަރުން ބައިވެރިވެފައިވެއެވެ.