ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަފްޒަލް ހޮސައިން (27އ) --
ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަފްޒަލް ހޮސައިން (27އ) --

ތ. މަޑިފުށި ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަފްޒަލް ހޮސައިން (27އ) އެވެ.

އަފްޒަލް ހޮސެން ހޯދަމުންދަނީ ކުޑަކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ތަހުޤީޤަށެވެ. ވީމާ އަފްޒަލް ހޮސެން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވަނާމަ ފުލުހުންގެ ހޮޓަލައިން ނަމްބަރު 3322111 އަށް ނުވަތަ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 7791854 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.