މާލޭގެ 3 މަގެއްގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް
Traffic flow

ހުސޭނީ ގޯޅިއާއި ފާމްދޭރިމަގާއި އާބުރުޒުހިގުމުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް އެއްގަމު އުޅަނދު ދުއްވަމުން އަންނަ ކޮޅު ބަދަލުކޮށްފިއެވެ.

މި ތިން މަގަކީވެސް ކުރިން އެއްކޮޅަށް ދުއްވާ މަގުތަކެކެވެ. އެގޮތުން  ކުރިން ދެކުނުން އުތުރަށް ދުއްވާ ހުސޭނީގޯޅި ވަނީ ބޮޑުތަކުރުފާނު މަގާ ގުޅުނު ހިސާބުން ފެށިގެން އޯކިޑްމަގާ ހަމައަށް އުތުރުން ދެކުނަށް ދުއްވާގޮތަށް ބަދަލުކޮށްފައެވެ.

މީގެއިތުރުން ދެކުނުން އުތުރަށް ދުއްވާ ފާމްދޭރިމަގު މިހާރުވަނީ އޯކިޑްމަގު ގުޅުނު ހިސާބުން ފަރީދީމަގަށް އުތުރުން ދެކުނަށް ދުއްވާގޮތަށް ބަދަލުކޮށްފައެވެ. އަދި ކުރިން އުތުރުން ދެކުނަށް ދުއްވާ އާބުރުޒުހިގުން ފަރީދީމަގު ގުޅުނު ހިސާބުން އޯކިޑްމަގަށް ދެކުނުން އުތުރަށް ދުއްވާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އާބުރުޒުހިގުމަކީ ކުރިން އުތުރުން ދެކުނަށް ދުއްވާ މަގެކެވެ.

މިމަގުތަކަށް ގެނެވުނު ބަދަލާއެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ބަދަލުތަކަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން އެސަރަޙައްދުގައި ޓްރެފިކް ފުލުހުންވެސް ހަރަކާތްތެރިވަމުންދާނެއެވެ.