Cp meeting withAVID

ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާގެ ޕަބްލިކް ރިލޭޝަން ކަންކަން މިހާރަށްވުރެ ރަނގަޅުކޮށް ތަރައްޤީކުރުމަށާއި ފުލުހުންނަށް ކަމާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދުއާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ބައްދަލުކުރައްވައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ވަނީ ފުލުހުންގެ މުއައްސަސާގެ ޕަބްލިކް ރިލޭޝަން ކަންކަން މިހާރަށްވު ރަނގަޅުކޮށް ކަމާގުޅުންހުރި ދާއިރާތަކުން ފުލުހުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ކަސްޓަމަރ ސަރވިސް އަށް ފުލުހުން އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން އެވިޑް ކޮލެޖުގެ ފަރާތުން މިހާރުވެސް ފުލުހުންނަށް ހިންގާ އެކި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.