MPS225

މަގުމަތީގައި ގިނަ ދުވަސްތަކެއްވަންދެން ޕާކްކޮށްފައި ހުރުމުގެ ސަބަބުން ޓޯވކޮށްފައިވާ ސައިކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ރަޖިސްޓްރީ ނަމްބަރު AA0B P6178 (އިންޖީނު ނަންބަރު: NF125MDE-5003823 ) ގެ މި ސައިކަލަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ޓޯވކޮށްފައިވާ ސައިކަލެކެވެ.

ވީމާ، ރަޖިސްޓްރީ ނަމްބަރު AA0B P6178  (އިންޖީނު ނަންބަރު: NF125MDE-5003823 ) ގެ ސައިކަލުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ސައިކަލުގެ ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.