Drug

މަސްތުވާތަކެެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.

މި ދެ މީހުންގެ ތެރެއިން 25 އަހަރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2017 ފެބުރުއަރީ 12 ވަނަ ދުވަހުގެ 14:15 ހާއިރުއޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އޭނާ ނިދާ ކޮޓަރީގެ އަލަމާރިމަތީގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

39 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ ބަނގުރާ ކައްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 2017 ފެބުރުއަރީ 12 ވަނަ ދުވަހުގެ 23:00 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެގޭތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަމެއް ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. މިގޮތުން 25 އަހަރުގެ މީހާއަށް ތ.ވޭމަންޑޫ ކޯޓުން 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 39 އަހަރުގެ މީހާއަށް ލ.ފޮނަދޫޫ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ދެމައްސަލަ ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.