HQ 1

މިއަދުގެ ހުކުރު ނަމާދަށްފަހު ދުޢާ ކުރުމުގެ ނަމުގައި އިސްލާމީ މަރުކަޒު ބޭރުގައި ސިޔާސީ ޙަރަކާތް ހިންގަން އުޅުމުން ފުލުހުން އެކަން ހުއްޓުވައިފިއެވެ.

މިސްކިތްތަކާއި މިސްކިތް ހިމެނޭ ސަރަޙައްދު ތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު ނުދޭނެކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގާފައި ވަނިކޮށް ސިޔާސީ ފަރާތްތަކަށް ތާއީދުކުރާ ބަޔަކު މިއަދުގެ ހުކުރު ނަމާދަށްފަހު ހިންގަން އުޅުނު ސިޔާސީ ޙަރަކާތް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ހުއްޓުވާފައިވަނީ ހަމަނުޖެހުމެއް ހިނގުމަކާނުލައި ޞުލްޙަވެރި ކަމާއެކުގައެވެ. މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މިސްކިތް ތަކަކީ ޙުރުމަތްތެރި ވެގެންވާ ތަންތަން ކަމަށް ވުމާއެކު މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަޙައްދުގައި ސިޔާސީ ޙަރަކާތްތައް ހިންގުމަކީ ޤާނޫނީ ގޮތުންވެސް މަނާކޮށްފައިވާ ކަމެކެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައިވެސް މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދުގައި ސިޔާސީ ޙަރަކާތްތައް ހިންގާނަމަ އެކަމެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހުއްޓުވާނެއެވެ.