MPS22

އެއްވެސް މިސްކިތެއްގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދުގައިވެސް ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު ނުދޭން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ.

މިސްކިތްތަކަކީ ޙުރުމަތްތެރިވެގެންވާ މުޤައްދަސް ތަންތަން ކަމަށްވެފައި މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދު ތަކުގައިވެސް ސިޔާސީ ޙަރަކާތް ހިންގުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްކަމަށްވުމާއެކު މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދުގައި ސިޔާސީ ޙަރަކާތް ހިންގާނަމަ އެކަމެއް ހުއްޓުވަންވެސް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ ނިންމާފައެވެ.

އެހެންކަމުން މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދުތަކުގައި ހިންގާ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިނުވެ ބަރަކާތްތެރި ފިޠުރު ޢީދުގެ ކުޅިވަރުތަކާއި އުފާވެރި ޙަރަކާތްތައް ކުރިޔަށް ގެންދިއުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދޭ ކަމެއްކަމުގައި ދަންނަވަމެވެ.

މި އުފާވެރި ފިޠުރު ޢީދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އުފާވެރިކަމާއި ރައްކާތެރިކަމާއެކު ޞުލްޙަ މަސަލަސްކަން ލިބިގެންވާ ޢީދެއްގެ ގޮތުގައި ހަދައި ދިނުމަށް ދިވެހި ފުލުހުން ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމުގައި މިފުރުޞަތުގައިވެސް ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ.