ހޯމަ ،8 ޖުލައި 2019
ފުލުހުންގެ އޮޕަރޭޝަންތަކާއި ހަރަކާތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ޖަވާބުދާރީވުމުގައި މިހާރަށްވުރެ ފުރިހަމަވާންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ދ. ވާނީގައި ބޭއްވި ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ “މެސް ނައިޓް” ގައި ކޯހުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. … ތަފްސީލް
ބުރާސްފަތި ،31 އޯގަސްޓް 2017
الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދީ، ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ. މިއީ 1438 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދާ އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ވަގުތެވެ. އިސްލާމީ ދުނިޔެ މިއަދު އިޙްތިފާލުކުރަމުން … ތަފްސީލް
ހޮނިހިރު ،5 އޯގަސްޓް 2017
الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين 5 އޮގަސްޓު 2017 ވީ ހޮނިހިރު ވިލުނުރޭ މެންދަމު 1:30 އެހައިކަންހައި އިރު، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން، ދިވެހި ފުލުހަކަށް މީހަކު ހަމަލާދިން މައްސަލައިގައި ދަންނަވަމެވެ. މިއީ ޤާނޫނާ ޚިލާފަށް މާފުށީ … ތަފްސީލް
ހުކުރު ،26 މެއި 2017
الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين މިއީ 1438ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ހިޔާވަހިކަން އަޅުގަނޑުމެންނަށް ލިބުނު ނަސީބުވެރި ވަގުތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރަމަޟާންމަހަކީ ހެޔޮކަމާއި ދަރުމައިގެ މައްސަރެވެ. އޯގާވަންތަ ﷲގެ ރުއްސެވުމާއި ފުއްސެވުން އަޅުތަކުންގެ މައްޗަށް ނުހަނު … ތަފްސީލް
ބުދަ ،29 މާރޗް 2017
ފުލުހުންގެ 84 ވަނަ އަހަރީ ދުވަހުގެ މުނާބަތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށާއި ޢާއިލާތަކަށް ދުވަހުގެ ހެޔޮ އެދުމާއި ތަހްނިޔާ އަރިސްކުރެއެވެ.
ބުދަ ،8 މާރޗް 2017
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަޙްނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ހުރިހާ އަންހެނުންނަށާއި ވަކިން ޚާއްސަކޮށް ހުރިހާ އަންހެން މުވައްޒަފުންނަށް އަރިސްކުރަމެވެ. ދިވެހިރާއްޖޭގައި އަންހެން ކަނބަލުން އެންމެ ގިނައިން މަސައްކަތްކުރާ އިދާރާއަކީ ފުލުހުންގެ މުއައްސަސާއެވެ. މިގޮތުން މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ 12 އިންސައްތައަށްވުރެ ގިނަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުންނެވެ. އަދި މިއަދަދަކީ ދެކުނުއޭޝިޔާގެ ޤައުމުތަކުގައި ނިސްބަތުން … ތަފްސީލް
ހުކުރު ،6 ޖެނުއަރީ 2017
މިއަހަރު ފުލުހުންގެ ޚިދުމަތް ދިނުމުގައި ހާއްސަގޮތެއްގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކޮމާންޑްތަކުގެ އިސްވެރިންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. އިއްޔެ ހެނދުނު އިސްކަންދަރު ބިލްޑިންގ ކޮންފަރެންސް ރޫމުގައި ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވަހަކަފުޅުގައި ފާއިތުވެދިޔަ އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ … ތަފްސީލް
ބުދަ ،28 ޑިސެމްބަރ 2016
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސެއިލް މޯލްޑިވްސް ޔޮޓް ރެލީ އިންތިޒާމްކުރާ ލަގްޒަރީ ކަލެކްޝަންގެ އިސްވެރިން ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު އަރީފް އާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ލަގްޒަރީ ކަލެކްޝަންއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެއިލް މޯލްޑިވްސް ޔޮޓް ރެލީގައި … ތަފްސީލް
ހޯމަ ،26 ޑިސެމްބަރ 2016
الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين ޤުދުރަތީ ކާރިސާތަކަކީ ރާއްޖޭގެ ތާރީޚު، ވަރަށް ކުރިއްސުރެ ވެސް، ދެކެފައިވާ ކަންކަމެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު، 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ފަހުގެ ތާރީޚުގައި … ތަފްސީލް
ބުރާސްފަތި ،15 ޑިސެމްބަރ 2016
އިންޑިއާގެ ހައިދްރަ އާބާދުގައި ފެށުމަށް ހަމަޖެހިފައިވާ އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ދިވެހި ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ބައްދަކުކުރައްވައިފިއެވެ. މިއަދުގެ ހެނދުނު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ 4 ފުލުހުންނަށް މަރުޙަބާ ދަންނަވައި … ތަފްސީލް