Dh. Atoll

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު ގުޅިގެން  ” ގެވެށި ގުޅުން ” ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ދ. ރިނބިދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 14 އަދި 15 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ދުވަހު ވަނީ  “އަނިޔާ އަކަށް … ތަފްސީލް


PSC-1-e1610951860788

ފާއިތުވި އަހަރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފިއެވެ. އެކަމަށްޓަކައި މި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު އެ ކޮމާންޑުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފޮތް ނެރެދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ފޮތް ނެރެދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، އެ ފޮތަކީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ ވަރަށް ރަނގަޅު … ތަފްސީލް


ކ-ވ: ޗީފް އެސްޕީ މުޙައްމަދު ރަޝީދު، ޗީފް އެސްޕީ އާސިމް ޢަބްދުﷲ --

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުކަމަށް ބޭފުޅުން، ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވައިފިއެވެ.  ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ. އަދި މި އޮޕަރޭޝަންގެ ޑެޕިއުޓީ … ތަފްސީލް


SOCD-2021

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ  ބަނގުލަދޭޝް، މުޙައްމަދު ޢަލީ ޙޮސެއިން (32އ) އެވެ. ވީމާ މުޙައްމަދު ޢަލީ ހޮސެއިންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 ށް ގުޅުއްވައި ޙިއްސާކުރެއްވުން … ތަފްސީލް


ވަގަށް ނަގާފައިވަނިކޮށް ހުޅުމާލެއިން ހޯދާފައިވާ ތަކެތި --

ހުޅުމާލޭގައި ވަގަށް ނަގާ ކަރަންޓް ސާމާނާއި، މޯބައިލް ފޯން ފަދަތަކެތި ނުއަގުގައި ބިދޭސީންނަށް ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖަނަވަރީ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ  ދެ ދިވެހިންނާއި 26 އަހަރާއި 35 އަހަރުގެ ދެ ބަންގްލަދޭޝް މީހުންނެވެ. މިމީހުން … ތަފްސީލް


MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެގޮތުން … ތަފްސީލް


police 47

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ބަލައި ފާސްކޮށްފައިވަނީ މައްޗަންގޯޅި ގެއަކާއި ގަލޮޅު ގެއެއްގެ އިތުރުން މާފަންނު ގެއަކާއި މާފަންނުގައި ހުރި ގެސްޓު ހައުސްއެކެވެ. މި … ތަފްސީލް


police-25

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސއްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި  މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ނ.މިލަދޫގެ އިތުރުން ހދ.ކުޅުދުއްފުށި އަދި ލ.ގަމުގައެވެ. އެގޮތުން ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ … ތަފްސީލް


Hirilandhoo 1

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން އެރަށު ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީމަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ވައްކަމެއް … ތަފްސީލް


Article

ދިވެހިންނަށް ލިބިފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ވަރަށް ސާފެވެ. ގާނޫނު އަސާސީން އެކަން ކަށަވަރުވެސް ކޮށްދެއެވެ. އެކަމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި އިވެމުންދާ އަޑުތައް އަޅުގަނޑުމެންގެ ކަންފަތްތަކަށް އަލެއްނޫނެވެ. މުޖުތަމައަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައިވެސް މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އެޅިފައިވެއެވެ. އަޅުގަނޑުމެންނަކީ މި މުޖުތަމައުގެ ފަރުދުންނަށްވީތީ މުޖުތަމައަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް ހުންނާނެކަން ކޮންމެ ފަރުދަކުވެސް … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »