12

މާފަންނު ޕޮލިސް ނެއިބަރހުޑްގައި ހިމެނޭ ގެސްޓުހައުސް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނެއިބަރހުޑް އޮފިސަރުން ކުރިއަށް ގެންގޮސްފިއެވެ. އެ ޕްރޮގްރާމަކީ މި ދުވަސްވަރަކީ ސްކޫލް ބަންދަށް ވުމާއެކު އަތޮޅުތެރެއިން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށާއި ބޭސްފަރުވާ އަށް މާލެ އައިސް އުޅޭ ދުވަސްވަރެއް ކަމުން، ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ … ތަފްސީލް


viber_image_2021-12-28_14-40-13-419

އެކި މައްސަލަތަކާ ގުޅިގެންނާއި ޑްރަގް އެންފޯސްމަންޓުން ހިންގި އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ. އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި  86 މައްސަލައެއް/ އިންސިޑެންޓެއްގައި ހިމެނޭ  296 ފުޅި ބަނގުރަލާއި 2418 ބިޔަރު ދަޅާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 51 އައިޓަމެވެ. … ތަފްސީލް


7

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތީ ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި  ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޕޮލިސް ބޯޑުގެ ނައިބު ރައީސް އާއި ފުލުހުންގެ ސީނިއަރ ބައެއް … ތަފްސީލް


4

ބ. ތުޅާދޫ ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. އެ ޕްރޮގްރާމަކީ ތުޅާދޫ ޕޮލިސް ސްޓޭޝަނާއި ސްކޫލް ގުޅިގެން މިއަދުން ފެށިގެން 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި، ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ އިތުރުން ކަސްރަތުގެ ހަރަކާތްތަކާއި މޫދަށް އެރިއުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ. ތުޅާދޫ … ތަފްސީލް


2

ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އއ. ހިމަންދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. މިއަދު ހިންގި އެ ޕްރޮގްރާމުގައި، ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. … ތަފްސީލް


police2

މަސްތުވާތަކެތީގެ ޓްރެފިކިންގ މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމުގައި  އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި  ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު 2021 ޑިސެމްބަރު 27 ވަނަ ދުވަހުގެ 16:00 … ތަފްސީލް


viber_image_2021-12-26_14-08-36-669

 ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ލާމަސީލު ޒުވާނާ” ކޭމްޕް ފަށައިފިއެވެ. މި ކޭމްޕް ފަށާފައިވަނީ މިއަދު އައްޑޫ ސިޓީ ސަރަފުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.  މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ … ތަފްސީލް


12

އެކި މައްސަލަތަކުގައި އދ. މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އެ ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މާމިގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައެވެ. އެގޮތުން، ނައްތާލާފައިވަނީ 215 އިންސިޑެންޓުގައި ހިމެނޭ 468 ފުޅި ބަނގުރާއާއި 145 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މި އަހަރުގެ ޖަނަވަރީ 16 އިން … ތަފްސީލް


viber_image_2021-12-26_08-05-11-697

ރ. މަޑުއްވަރީ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ޑިސެމްބަރު 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެހަރަކާތުގައި ޗުއްޓީއާއި ހިތާނު ކުރުމުގެ ހަރަކާތްތަކާ ގުޅިގެން ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުވާފައިވެއެވެ. އެގޮތުން ޗުއްޓީއަށް ތަންތަނަށް ދާއިރު ގެތައް ރަނގަޅަށް ތަޅުލުމަށާއި މުދާ ރައްކާތެރިކުރުމާއި ވައްކަންތައް … ތަފްސީލް


chutty1

މި ދުވަސްވަރަކީ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވުމާއެކު ލިބުނު ޗުއްޓީގައި ގިނަ ބަޔަކު އެކި ދިމަދިމާއަށް ދަތުރުކުރާ ދުވަސްވަރެކެވެ. ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ގޮސް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގައި ހޭދަކުރާ ދުވަސްވަރުވެސްމެއެވެ. އެހެންކަމުން ޗުއްޓީއަށް ދިއުމުގެ ކުރިން މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް އިސްކަންދީ އަދި ލިބިދާނެ … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »