Ha1

ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ހއ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ބެލެނިވެރިނަން އަމާޒުކޮށްގެން ”ބެލެނިވެރިކަން” މި މައުޟޫޢުގެ ދަށުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިމަހުގެ 27 ވަނަދުވަހުގެރޭ ހއ.އަތޮޅު މަދަރުސާގެ މަލްޓިޕާރޕަސް ހޯލްގައި ގެންދިޔަ މި ސެޝަންގައި ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނާއި މުޖްތަމައުގެ ރޯލާއި ބެހޭގޮތުން މައުލޫމާތު … ތަފްސީލް


ހއ. އަތޮޅާއި ހދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށައިފިއެވެ. މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް  ޕްރޮޓެކްޝަން ވިންގާއި، ޑިޕާޓްމަންޓް އޮފް ޖުވައިނައިލް ޖަސްޓިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ … ތަފްސީލް


police 87

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފިއެވެ. އެ ދެ އޮޕަރޭޝަނުގެ ތެރެއިން ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަލައި … ތަފްސީލް


117

މަތީގައިވާ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ 2021 ޖުލައި 29 ވަނަ ދުވަހުގެ ވަގުތެއްގައި ޗާންދަނީމަގު ސްކޫޕް ކައިރީގައި ބަހައްޓާފައިހުރި ފޮއްޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ. ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް … ތަފްސީލް


Vilufushi

މ. ދިއްގަރާއި ވޭވަށް އަދި މުލަކުގެ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮގަސްޓު މަހުގެ 26 އިން 28 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގައި، ސައްހަނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ވިޔަފާރިކުރާ މީހުންގެ ކިބައިން ރައްކާތެރިވުމާއި މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. … ތަފްސީލް


Laamu

ލ. އަތޮޅު ރަށްރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް އެ އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ކުރިއަށް ގެންގޮސްފިއެވެ. މި އޮގަސްޓު މަހުގެ 24 އިން 26 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގައި ފިހާރަތަކަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަންހުރި މިންވަރުބަލައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފުލުހުންނަށް ފާހަގަކުރެވުނުކަންކަން ބުނެދީ އެ … ތަފްސީލް


111

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2021 ޖުލައި 31 ވަނަ ދުވަހުގެ ވަގުތެއްގައި ގުލްހަޒާރުގޯޅީގައި ޕާކްކޮށްފައިހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ. ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް … ތަފްސީލް


police 83

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ. އެގޮތުން، މިއަދު ނައްތާލާފައިވަނީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ … ތަފްސީލް


116-1

މަތީގައިވާ ވީޑިއޯއިން ފެންނަ މީހުންނަކީ 2021 ޖުލައި 11 ވަނަ ދުވަހުގެ ވަގުތެއްގައި މއ. ބަބުލްއަވާލީ ގޭގައި ހުރި ގުދަނަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހުންނެވެ. ވީމާ މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ … ތަފްސީލް


115

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2021 ޖުލައި 11 ވަނަ ދުވަހުގެ ވަގުތެއްގައި މ. ސިލްވާރޝާކް ގެއިން ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ. ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »