އަންގާރަ ،6 އޭޕްރިލް 2021 / 17:52
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ، މާލެ / މއ. ކަޅުފެހިގެ، ޖަޢުފަރު ޝަފީޢު (50އ) އެވެ. ޖަޢުފަރު ޝަފީޢު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން … ތަފްސީލް
އަންގާރަ ،6 އޭޕްރިލް 2021 / 13:23
މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އިންތިޚާބާ ގުޅުހުންހުރި ކަންކަމާ ގުޅޭގޮތުންނާއި … ތަފްސީލް
އަންގާރަ ،6 އޭޕްރިލް 2021 / 12:11
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ބ. އޭދަފުއްޓާއި، ތުޅާދޫގެ އިތުރުން ލ.ގަން އަދި ގދ.ގައްދޫގައެެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ބ.އަތަޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ … ތަފްސީލް
އަންގާރަ ،6 އޭޕްރިލް 2021 / 10:18
ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި މަޑިފުށި ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.. މި އެޕްރީލް މަހުގެ 5 ވަނަ ދުވަހު ތިމަރަފުށި ސްކޫލުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ތިމަރަފުއްޓަކީ އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށާއި ސްކޫލު ނިންމާ … ތަފްސީލް
އަންގާރަ ،6 އޭޕްރިލް 2021 / 10:06
މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފުރަން ފަށައިފިއެވެ. ވޯޓު ކަރުދާސްތަކާއެކު އަތޮޅުތަކަށްދާ ފުލުހުން މިއަދު ހެނދުނު މާލެއިން ފުރަން ފަށާފައިވާއިރު، މިއަދު ފުރާފައިވަނީ ހއ، ށ، ނ، ރ، ބ އަދި ޅ. … ތަފްސީލް
ހޯމަ ،5 އޭޕްރިލް 2021 / 14:41
ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. ތޮއްޑޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭންފަށައިފިއެވެ. މިއަދު ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް … ތަފްސީލް
ހޯމަ ،5 އޭޕްރިލް 2021 / 11:43
ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މ. މުލަކު ސްކޫލުގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މުލަކު ޕޮލިސް ސްޓޭޝަނާއި މ. އަތޮޅު ފެމެލީ ޗައިލްޑް ސަރވިސް ސެންޓަރ އަދި މުލަކު ސްކޫލު ގުޅިގެން މި … ތަފްސީލް
ހޯމަ ،5 އޭޕްރިލް 2021 / 11:36
ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތް އއ. އަތޮޅުގައި ފަށައިފިއެވެ. އިއްޔެ އއ. މަތިވެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަޒް އިމްރާން … ތަފްސީލް
ހޯމަ ،5 އޭޕްރިލް 2021 / 9:55
އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބަނގުރާ ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައެވެ. އެގޮތުން ނައްތާލާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން މާރިޗު … ތަފްސީލް
އާދިއްތަ ،4 އޭޕްރިލް 2021 / 15:01
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެގޮތުން … ތަފްސީލް