ހޮނިހިރު ،10 އޭޕްރިލް 2021 / 9:41
މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާހައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން “އޮޕަރޭޝަން ބްލޫ ރޭ” ގެދަށުން ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށް ޕޮލިސް މީޑިއާ … ތަފްސީލް
ހުކުރު ،9 އޭޕްރިލް 2021 / 18:25
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލަމަތީ ކަންކަން ބެލެހެއްޓުމަަށް ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން ބްލޫ ރޭ ” ގެ ސެކިއުރިޓީ ބްރީފިންގ ބާއްވައިފިއެވެ. އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި މި ބްރީފިންގ ދެއްވާފައިވަނީ ކޮމިޝަނަރ … ތަފްސީލް
ބުރާސްފަތި ،8 އޭޕްރިލް 2021 / 15:33
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން … ތަފްސީލް
ބުރާސްފަތި ،8 އޭޕްރިލް 2021 / 12:51
ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ދަރުސްއެއް ބާއްވައިފިއެވެ. ”އީމާން ކަމާއި މާތްﷲގެ އެއްކައުވަންތަކަން” މި ނަމުގައި އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށް ގެންދިޔަ ދަރުސްގައި މައުލޫމާތު ދެއްވީ އައްޝެއިޚް އިލްޔާސް ޖަމާލްއާއި، އައްޝެއިޚް އަލީ ޒާހިރު … ތަފްސީލް
ބުދަ ،7 އޭޕްރިލް 2021 / 14:09
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ … ތަފްސީލް
ބުދަ ،7 އޭޕްރިލް 2021 / 13:26
ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށް މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ. މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އެމްޕީއެލް ޖެޓީ ކައިރިން އިއްޔެ ހަވީރުގެ ވަގުތެއްގައި ހުއްޓުވި ކާރެއްގެ ޑިކީން ފެނުނު ދަބަހެއް ބަލައިފާސްކުރިއިރު … ތަފްސީލް
ބުދަ ،7 އޭޕްރިލް 2021 / 13:20
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ސ. މަރަދޫ/ ރިޔާސާމަންޒިލް، އަޙްމަދު ރިޟްވާން (33އ) އެވެ. އަޙްމަދު ރިޟްވާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ … ތަފްސީލް
ބުދަ ،7 އޭޕްރިލް 2021 / 11:16
މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ކޮމާންޑަރުންގެ ގޮތުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ރޭ އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އިންތިޚާބާ ގުޅުހުންހުރި ކަންކަމާ ގުޅޭގޮތުންނާއި … ތަފްސީލް
ބުދަ ،7 އޭޕްރިލް 2021 / 10:52
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅު ތެރޭގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއްގައި ދެ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނ. ޅޮހި އަދި ވ. ފެލިދޫގައެވެ. އެގޮތުން ފެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ … ތަފްސީލް
ބުދަ ،7 އޭޕްރިލް 2021 / 10:32
ލ. ގަން ހަމަދު ބިން ޚަލީފާ އަލްޡާނީ ސްކޫލު ދަރިވަރުންނަށް އެ ސްކޫލުގެ ފަރާތުން ކުރިއަށް ގެންދިޔަ އިވެންޓެއްގައި ގަން ޕޮލިސް ސްޓޭޝަނުން ބައިވެރިވެ ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި އެޕްރީލް މަހުގެ 4 އިން 5 އަށް ‘ވެހި ކޭމްޕް’ ގެ ނަމުގައި އެރަށުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ފުލުހުންގެ ފަރާތުން … ތަފްސީލް