ހުކުރު ،26 ފެބުރުއަރީ 2021 / 16:51
ވ. ކެޔޮދޫ ސްކޫލްގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ސްކޫލް ދަރިވަރުންނަށް މައުލޫމާތުދީ ހަރުދަނާ ދަރިވަރުންތަކެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، އެ ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ ކޮމިއުނިޓީ … ތަފްސީލް
ބުރާސްފަތި ،25 ފެބުރުއަރީ 2021 / 14:06
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަގެ ތެރެއިން މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. ކަނޑިތީމާއި ހުޅުމާލޭގެ އިތުރުން އއ. އަތޮޅުގެ ރިސޯޓެއްގައެވެ. އެގޮތުން ކަނޑިތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެކެވެ. ކަނޑިތީމު ޕޮލިސް … ތަފްސީލް
ބުރާސްފަތި ،25 ފެބުރުއަރީ 2021 / 13:58
ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ކ. ގުޅީގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ފެބްރުއަރީ 24 ވަނަ ދުވަހު ގުޅީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ވަނީ އެރަށުގައި ދުއްވާ އުޅަނދުތަކުގެ މައުލޫމާތު އެއްކޮށް، ރަށުގައި ހުރި ފިހާރަތަކަށާއި ކެފޭ، ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު … ތަފްސީލް
ބުރާސްފަތި ،25 ފެބުރުއަރީ 2021 / 11:24
ސްކޫލް ދަރިވަރުންނަށް މައުލޫމާތުދީ ހަރުދަނާ ދަރިވަރުންތަކެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވ. ފެލިދޫ ސްކޫލްގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ކޮމިއުނިޓީ ލީޑަރޝިޕް ސްކިލްސްއާ ގުޅޭގޮތުން … ތަފްސީލް
ބުދަ ،24 ފެބުރުއަރީ 2021 / 11:12
ހުޅުމާލެ ޕޮލިސްއަށް ހުށަހެޅި ބަލަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ. ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ … ތަފްސީލް
އަންގާރަ ،23 ފެބުރުއަރީ 2021 / 10:07
ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އެއަތޮޅު މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ފެބްރުއަރީ 18 ން 20 އަށް މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި މޮޅަދޫ ކައުންސިލް އިދާރާއާއި މޮޅަދޫ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ … ތަފްސީލް
ހޯމަ ،22 ފެބުރުއަރީ 2021 / 14:56
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށް އެމައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ނޮޅިވަރަމާއި ރ. ދުވާފަރުގެ އިތުރުން ނ. ވެލިދޫގައެވެ. މަސްތުވާތަކެތީގެއެ އޮޕަރޭޝަން ތަކުގެ ތެރެއިން ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް … ތަފްސީލް
ހޯމަ ،22 ފެބުރުއަރީ 2021 / 12:19
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ … ތަފްސީލް
ހޯމަ ،22 ފެބުރުއަރީ 2021 / 9:57
ސްކޫލްތަކުގެ ބެލެނިވެރިންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ޅޮހި ސްކޫލްގެ ބެލެނިވެރިންނާއި ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މި ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގެ ތެރެއިން ޅޮހީ ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތުދީފައިވަނީ … ތަފްސީލް
އާދިއްތަ ،21 ފެބުރުއަރީ 2021 / 15:02
ލ. ގަން އިހައްދޫ ސްކޫލުގެ ކަބް ސްކައުޓުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި ލ. އިސްދޫ ސްކޫލުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މި ފެބްރުއަރީ މަހު 19 ވަނަ ދުވަހު ލ. ގަން، އިހައްދޫ ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުންނަށް ލ. ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުރިއަށް … ތަފްސީލް