0-02-03-9c2c7ec729381038c80f421f6e7308303269efca9999010714b65f80b1b63f92_ad574984

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުލުހުންގެ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. އެމަނިކުފާނު މި ހިދުމަތް އިފްތިތާހުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި … ތަފްސީލް


UNDP

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ކޮމާންޑަރުންނަށާއި އެއަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނަށް އަމާޒުކޮށްގެން ސިމްޕޯޒިއަމެއް ބާއްވައިފިއެވެ. މި ޑިސެންބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ އޮފީސް ކޮމްޕްލެކްސް ހޯލުގައި ބޭއްވި މި ސިމްޕޯޒިއަމްއަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި … ތަފްސީލް


IMG_3835

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވ 2020 އިފްތިތާހުކޮށް، ރޯޑް ޝޯވގައި ހިމެނޭ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރައްކާ ރޯޑް ޝޯވ އިފްތިތާހުކޮށްފައިވަނީ ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން މިއަދު ހެނދުނު އިސްކަންދަރު … ތަފްސީލް


Custodial 2020

ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ، ގދ. ގައްދޫ،ތިބްރޯޒްގެ، މުޙައްމަދު ޢަރީފް (40އ) އާއި ށ.މަރޮށި، ޖޭމުގެ، މުޙައްމަދު … ތަފްސީލް


viber_image_2020-12-28_09-03-35

ގދ. ފިޔޯރީ ޒުވާނުން އިސްނަގައިގެން ބޭއްވި “ފަރެސްމާތޮޑާ ދާއިރާ ހޮލިޑޭ ކަޕް” ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ގދ. ފިޔޯރީ ޕޮލިސް ސްޓޭޝަންގެ ޓީމު ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަން ފިޔޯރީ ޕޮލިސް ޓީމު ހޯދީ ޑިސެމްބަރު 25 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ފަރެސްމާތޮޑާ ވޮލީޓީމާ ވާދަކޮށް ސީދާ … ތަފްސީލް


police2

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެގޮތުން … ތަފްސީލް


IMG-8462f934b396702ee8272b71f304b2c1-V (1)

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހަތަރު އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރުކޮށްފިއެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ނ.ވެލިދޫ، ތ.ވިލުފުށި، ދ.ކުޑަހުވަދޫ އަދި މ.ވޭވަށުގައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށު ފަޅު ގެއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް ވެލިދޫ ޕޮލިސް … ތަފްސީލް


IMG_1100

ނ. ލަންދޫގައި ދިރިއުޅެމުންދާ 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ފުލުހުން އިސްނަގައިގެން ބާއްވާ ” ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020″ ފަށައިފިއެވެ. ފުލުހުންނާއި ލަންދޫ ކައުންސިލް އަދި ލަންދޫގައި ހުރި މުއައްސަސާތައް ގުޅިގެން ބާއްވާ މި ފުޓްސަލް މުބާރާތް ފަށާފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު … ތަފްސީލް


IMG_7610

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސީދާގޮތުން ރައްޔިތުންނަށް ދެވޭ ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކުރުމަށް ބޭއްވި ” ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމް” ނިންމާލައިފިއެވެ. ޑިސެމްބަރ މަހުގެ 22 ން 24 އަށް އިސްކަނދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެސިސްޓެންޓް ކަމިޝަނަރ އޮފް … ތަފްސީލް


police-212

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސއްކަތްތަކުގެ ތެރެއިން މ.މުއްޔާއި، ހދ.މަކުނުދޫގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން މ. މުލިން މަސްތުވާތަކެއްޗާއެކު 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އެމީހާ ހައްޔަރުކޮށްފައިވަނީ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެންނެވެ. ރޭ 00:15 އެހާކަންހާއިރު … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »