ހޮނިހިރު ،31 އޮކްޓޯބަރ 2020 / 18:27
2020 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. އެހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު … ތަފްސީލް
ބުދަ ،28 އޮކްޓޯބަރ 2020 / 13:43
ތ. ކިނބިދޫ ފިހާރައަކުން ވައްކަންކޮށްފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ރަށުގައި އޮޕަރޭޝަނެއް ހިންގައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެއީ 26 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހެކެވެ. ކިނބިދޫގައި … ތަފްސީލް
ބުދަ ،28 އޮކްޓޯބަރ 2020 / 11:31
މަތީގައިވާ ވީޑިއޯ ފެންނަ މީހާއަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ޔޫރޯ މާރކެޓިންގ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ. ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން … ތަފްސީލް
އަންގާރަ ،27 އޮކްޓޯބަރ 2020 / 15:30
އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައްލުުމާތު ބޭނުންވެއެވެ. މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވީ … ތަފްސީލް
އަންގާރަ ،27 އޮކްޓޯބަރ 2020 / 14:48
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕޭ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި މި ދަންނަވާ މަގުތަކާއި ސަރަހައްދުތައް 2020 އޮކްޓޫބަރު 28 ވަނަ ދުވަހުގެ 12:30 ން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެކިވަގުތުތަކުގައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް ބަންދުކުރެވޭނެއެވެ. ބަންދުކުރެވޭ … ތަފްސީލް
ހޯމަ ،26 އޮކްޓޯބަރ 2020 / 14:24
އދ. ދަނގެއްޗާއި ފުވައްމުލައް އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެގޮތުން އދ. ދަނގެތީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 25 ވަނަ ދުވަހު … ތަފްސީލް
ހޯމަ ،26 އޮކްޓޯބަރ 2020 / 14:10
ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ މި އޮކްޓޯބަރ މަހުގެ 18 އަދި 24 ވަނަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ … ތަފްސީލް
ހޯމަ ،26 އޮކްޓޯބަރ 2020 / 10:30
ނ. މާފަރު ޕޮލިސް ސްޓޭޝަނުގައި އެރަށުގައި މީހުން ދިރިއުޅެމުންދާ ގެތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. އޮކްޓޫބަރު 20 ން 22 އަށް ހިންގި މި ޕްރޮގްރާމަކީ މާފަރުގައި ފުލުހުންގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ފުލުހުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ … ތަފްސީލް
އާދިއްތަ ،25 އޮކްޓޯބަރ 2020 / 13:45
މަތީގައިވާ ފޮޓޯއިން ފެންނަ ޅ. ހިންނަވަރު، ޢަންބަރީގެ، އިބްރާހީމް ނަޒީދު (37އ) އަކީ، ސައްހަނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހެކެވެ. ވީމާ، އިބްރާހީމް ނަޒީދުގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ އިތުރު ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މަޢުލޫމާތު ފުލުހުންގެ އިކޮނޮމިކް … ތަފްސީލް
އާދިއްތަ ،25 އޮކްޓޯބަރ 2020 / 13:02
އައްޑޫ ސިޓީ ހިތަދޫގައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް އެރަށު ފުލުހުންނަށް ހުށަހަޅާފައިވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން 38 އަހަރާއި، 39 އަހަރުގެ ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ. އެ … ތަފްސީލް