ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދަން މަސައްކަތްކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް ވައްދަން  އުޅުނު ފޯނުތަކަކާއި  މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ … ތަފްސީލް


police 38

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ، ތ. މަޑިފުށީގެ އިތުރުން ގދ. ތިނަދޫގައެވެ. އެގޮތުން ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން … ތަފްސީލް


MPS2253

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 26އިން 27 އަށް މާލޭ މަގުމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ … ތަފްސީލް


mohamed Faazal

މަތީގައިވާ ފޮޓޯއިން ފެންނަ  ސ.ހިތަދޫ، ހަވޭލި، މުޙައްމަދު ފާޒަލް (26އ) އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދައި ނުފެނިފައިވާ މީހެކެވެ. މުޙައްމަދު ފާޒަލް ހޯދަމުންދަނީ، 2020 މާރިޗް 12 ވަނަ ދުވަހުގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށެވެ. ވީމާ، މުޙައްމަދު ފާޒަލްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް … ތަފްސީލް


police 17

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނ. ކެނދިކުޅުދުއާއި އެ އަތޮޅު ހޮޅުދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ. އެގޮތުން މާލެއިން ކެނދިކުޅުދުއަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން … ތަފްސީލް


MPS2253

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ބައިސްކަލަކީ ވަގަށް ނަގާފައިވާ ކަމަށް ބެލެވިގެން މި ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު ދިލްބަހާރު މަގު ގްރިލް ހަޓް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ  ބައިސްކަލެކެވެ. އިންސިޑެންޓް ނަންބަރ 466069 ވީމާ މި ބައިސްކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު … ތަފްސީލް


police 30

ދެކުނުގެ ހަ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި ބަޔަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫން ހުޅުމީދުއަށްދާ ފެރީއަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ހުޅުމީދީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ … ތަފްސީލް


DED

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. އެގޮތުން ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ޓީޖެޓީގައި އޮތް ޕިކަޕެއް ބަލައި … ތަފްސީލް


police2

ފުލުހުންނަށް ހުށަހެޅިފައިވާ  މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތް ސައިކަލެއްގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ސައިކަލްތަކުގެ ވެރިފަރާތްތައް ހޯދަމުންދަނީ ސައިކަލްތަކުގެ ވެރިފަރާތްތަކުން އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ސައިކަލްތައް ހަވާލުކުރެވިފައިނުވާތީއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސައިކަލްތައް:  AA0A P8407  AA0B P7850  AA0C P1620 AA0G P8756 AA0C P9088 … ތަފްސީލް


Hassan Nizar

ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ. ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި … ތަފްސީލް


« ކުރީގެ ލިޔުންތައް