1

މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ރާއްޖޭގައި ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމުގެ އެއްދުވަހުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މިއޮގަސްޓް މަހުގެ 23 ވަނަ ދުވަހު ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދިނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ރެޑްކްރޮސެންޓާއި  … ތަފްސީލް


police

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ދެ ސައިކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ދެ ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވިގެން 2020 މާރޗް 27 ވަނަ ދުވަހާއި 2019 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ސައިކަލެކެވެ. މި ދެ ސައިކަލުގެ ރަޖިސްޓްރީ ނަންބަރަކީ AA0A P8496 … ތަފްސީލް


Aiman Ahmed

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ  ގދ. ތިނަދޫ، ކަސްތޫރިގެ، އައިމަން އަޙްމަދު (27އ) އެވެ. އައިމަން އަޙްމަދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ … ތަފްސީލް


Shareef

 މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްގަމުން އުޅަނދު ދުއްވުން މަނާކުރުމާ ގުޅިގެން އެ ނިންމުން ތަންފީޒުކުރުމަށްޓަކައި ފުލުހުން ފިޔަވަޅުތަކެއް އަޅަމުންދާނެކަމުގައި ޗީފްސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް … ތަފްސީލް


Drug Nathaalun2

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި 190.15 ކިލޯ ގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. އިއްޔެ މިތަކެތި ނައްތާލާފައިވަނީ ދޫނިދޫގައެވެ.  މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ  އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އެގޮތުން … ތަފްސީލް


police-2124

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން، ގުރައިދޫގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް … ތަފްސީލް


MPS2253

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 21 އަދި 22 ގައި މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ … ތަފްސީލް


police-25

މ. މުއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޯގަސްޓް 22 ވަނަ ދުވަހު އެމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން މ.މުއްޔަށް އައި ބޯޓަކުން ބޭލި ކޮތަޅެއް ހިފައިގެން ދަނިކޮށް އެރަށު ބަނދަރު ސަރަހައްދުންނެވެ. އެމީހާ ހުއްޓުވައި … ތަފްސީލް


police

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވިގެން 2020 މާރޗް 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސައިކަލެކެވެ. މި ސައިކަލްގެ ރަޖިސްޓްރީ ނަންބަރަކީ AA0C P4883 އެވެ. ވީމާ މި ސައިކަލް ވެރިފަރާތުން 2020 އޮގަސްޓް 23 ވަނަ ދުވަހުން ފެށިގެން … ތަފްސީލް


ޙުސައިން އަސްލަމް

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ލ.ފޮނަދޫ، ލިޔޯ، ޙުސައިން އަސްލަމް (38އ) އެވެ. ޙުސައިން އަސްލަމް ހޯދަމުންދަނީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »