ހުކުރު ،28 އޯގަސްޓް 2020 / 13:13
ގދ. ތިނަދޫން ދެއްވަދުއަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގައިފިއެވެ. އެ އޮޕަރޭޝަނުގައި، 30 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކު ސައިކަލެއްގައި ދަނިކޮށް ތިނަދޫ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު … ތަފްސީލް
ބުރާސްފަތި ،27 އޯގަސްޓް 2020 / 16:04
ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި 18 އަހަރުން ދަށުގެ ތިން އަންހެން ކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ދަރިފުޅުގެ އިތުރުން 18 އަހަރުން ދަށުގެ ދެ އަންހެން … ތަފްސީލް
ބުރާސްފަތި ،27 އޯގަސްޓް 2020 / 14:30
ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 21 އަދި 22 ގައި މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ އަދި މަގުމަތިން ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި … ތަފްސީލް
ބުދަ ،26 އޯގަސްޓް 2020 / 15:16
އާސިއާން ގައުމުތަކުގެ ލޯ އެންފޯސްމަންޓް ދާއިރާގައި މަސައްކަތްކުރާ އަންހެނުންނާގުޅޭ ގޮތުން ޔޫއެން ވިމެން އާއި ޔޫއެންއޯޑީސީ އަދި އިންޓަރޕޯލް ގުޅިގެން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓު ލޯންޗުކުރުމާ އަދި އެ ރިޕޯޓުގެ އަލީގައި ފާހަގަ ކުރެވިފައިވާ މުހިއްމު މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ވެބިނަރގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ އަންހެން މުވައްޒަފުންތަކެއް މިއަދު ބައިވެރިއްޖެއެވެ. މިއަދު ހެނދުނު … ތަފްސީލް
ބުދަ ،26 އޯގަސްޓް 2020 / 14:49
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި، ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 47 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. އެ … ތަފްސީލް
ބުދަ ،26 އޯގަސްޓް 2020 / 14:14
މާލެ، މަޖީދީމަގު ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފިއެވެ. އަދި އެ ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ. މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެސްޓޯ މޯބައިލް ފިހާރަ … ތަފްސީލް
އަންގާރަ ،25 އޯގަސްޓް 2020 / 14:28
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ބައިސްކަލަކީ 2020 ޖުލައި 12 ވަނަ ދުވަހުގެ 20:35 އެހާކަންހާއިރު ބުރުޒުމަގު ވަންނަވާ ފިހަރަ ކައިރިން މީހަކު ބައިސްކަލެއް ހިފައިގެން ދަނިކޮށް، އެމީހާއަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލު ކުރުމުން ބައިސްކަލުގެ ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެކެވެ. ވީމާ މި ބައިސްކަލުގެ ވެރިފަރާތުން، … ތަފްސީލް
އަންގާރަ ،25 އޯގަސްޓް 2020 / 12:10
ޕޮލިސް ސްޓާފް ސަރޖަންޓް އިބްރާހިމް ނާޝިހުއޭ ބުނުމުން އެއީ ކާކުކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. އެހެންނަމަވެސް މާލޭގެ މަގެއް މަތިން އޭނާ ފެނިއްޖެނަމަ އެއީ ކާކުކަން ނުދަންނަ މީހަކު މަދުވާނެއެވެ. ޓްރެފިކްމަނެއްގެ ގޮތުގައި އޭނާއާ މަގުމަތިން ބައްދަލުވެ ފެނިދެނިނުވާ މީހަކު މަދުވާނެއެވެ. ޓްރެފިކްމަނެއްގެ ހައިސިއްޔަތުން އެއީ ނަމޫނާ ފުލުހެކެވެ. އާންމުންގެ ބަހުންނަމަ ނާޝިހު އަކީ ‘ލެޖެންޑް’ އެކެވެ. … ތަފްސީލް
ހޯމަ ،24 އޯގަސްޓް 2020 / 17:59
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ބޭރުގައި އުޅުނު 3249 މީހުންނަށް ފިޔަވަޅު އަޅައިފިއެވެ. ރޭ ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތާއި ގުޅިގެން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަގުމަތީގައި ކަންކަން ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ … ތަފްސީލް
ހޯމަ ،24 އޯގަސްޓް 2020 / 14:57
މަސްވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ނައިފަރުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ނައިފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގެ 07:30 … ތަފްސީލް