ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 30 ވަނަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ … ތަފްސީލް


Fuluhun Huvaakurun2

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ހެނދުނު  ބޭއްވި ރަސްމިއްޔަތެއްގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ އަލީއެވެ. ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ އަލީ ދެއްކެވި ވާހަކަފުޅުގައި  ހުވަޔަކީ … ތަފްސީލް


police-25

ނ. ވެލިދޫގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި، ތުހުމަތުގައި 18 އަހަރުން ދަށުގެފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮގަސްޓް މަހުގެ 30 ވަނަ ދުވަހުރޭ ހިންގި އޮޕަރޭޝަނުގައި އެކުއްޖާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގެއިންނެވެ. ކޯޓު އަމުރެއްގެ … ތަފްސީލް


IMG-5e2fc9504e87a86bd42250567416f774-V

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ހޯރަފުށީގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 23 އަހަރުގެ މީހަކު ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން … ތަފްސީލް


police-2124

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ 11:25 އެހާކަންހާއިރު އެވެ. މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ … ތަފްސީލް


police 37

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ގއ. ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށް … ތަފްސީލް


dhidha

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 28 އިން 30 އަށް މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ … ތަފްސީލް


ވަގަށް ނަގާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ބައެއް ތަކެތި -- ފައިލް ފޮޓޯ

ކޯވިޑް19ގެ ހާލަތާއި ގުޅިގެން މާލެ ފުރަބަންދުކުރުމާއި ގުޅިގެން މާލެތެރޭގައި އާންމުކޮށް ހިނގާ ކުދި ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް އެފަދަ މައްސަލަތައް އިތުރުވާންކަން ވަނީ ފާހަގަކުރެވެން ފަށާފައެވެ. އެގޮތުން އާންމު ގޮތެއްގައި ފާހަގަކުރެވިފައިވަނީ މަގުމަތީ ހިނގާފައިހުރި މައްސަލަތަކެވެ. އޭގެތެރޭގައި މަގުމަތީ ބަހަޓާފައި ހުންނަ ސައިކަލް ބައިސްކަލް ފަދަ ތަކެތި ވަގަށް ނެގުމާއި، ސައިކަލުގަ … ތަފްސީލް


IMG-2a03b37ca38d962ecc139c277c04b7ab-V

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. މަކުނުދުއާއި ހަނިމާދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއް ހިންގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން މަކުނުދޫގައި ހިންގި ދެ އޮޕަރޭޝަނުގެ ތެރެއިން އެއް އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ކަރުދާސްކޮޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ … ތަފްސީލް


IMG-54514102e3f57808645445ede2391809-V

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން އުތުރުގެ ތިން ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެެއް ހިންގައި، އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަންފަށައިފިއެވެ. މި އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ހިންގި އެ އޮޮަޕަރޭޝަން ތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށްބެލެވޭ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ރ. އަތޮޅު ރިސޯޓެއްގައި … ތަފްސީލް


« ކުރީގެ ލިޔުންތައް