viber_image_2020-02-24_14-58-31

ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އިސްރަށްވެހިންގެ މައިޒާން” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޕަބްލިކް އެފެއަރޒް އެންޑް ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އަމާންވެށި ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާ ގުޅިގެން ކުރިއަށްގެންދިޔަ … ތަފްސީލް


viber_image_2020-02-24_10-49-24

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަތަރު ރަށެއްގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފިއެވެ. މި ފެބުރުއަރީ މަހުގެ 23 ން 28 އަށް ކުރިއަށްގެންދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނުނާއި ޤަވާއިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ “ސެލްފް … ތަފްސީލް


police-2124

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އއ. މަތިވެރި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ފެބްރުއަރީ … ތަފްސީލް


Thulhaadhoo shop visit

ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. ތުޅާދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތުޅާދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މިފެބުރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްމުގައި، އެރަށުގައި ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަށާއި ރެސްޓޯރެންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު … ތަފްސީލް


police

 ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިފައިސާތަކަކީ 2020 ފެބްރުއަރީ 18 ވަނަ ދުވަހުގެ ވަގުތެއްގައި، ދިލްބަހާރުމަގާއި ދިލްބަހާރުގޯޅި ގުޅޭ ކަންމަތިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެކެވެ. ވީމާ މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 449552 ވިދާޅުވެ، ކާކުކަން … ތަފްސީލް


87488518_1277917662392031_2050017237892333568_o

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އާވާދަކޮށް ފަސޭހަކަމާއެކު ޕޮލިސް ކްލަބު މޮޅުވެއްޖެއެވެ. މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓު މެޗުގައި ޓީއެމްއޭ އާވާދަކޮށް ޕޮލިސް ކްލަބު މޮޅުވީ ސީދާ ތިން ގޭމުންނެވެ. މި … ތަފްސީލް


police 22

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކާށިދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކާށިދޫ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ކާށިދޫ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހަކާއި، … ތަފްސީލް


adh gues

އދ. އަތޮޅުގައި ފުލުހުން ގާއިމުވެފައިވާ ފަސްރަށެއްގައި ހުރި ހުރިހާ ގެސްޓްހައުސްތަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ ފެބްރުއަރީ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އދ. މާމިގިލި، އދ. ދަނގެތި ، އދ. މަހިބަދޫ، އދ. ދިގުރަށް އަދި އދ. ފެންފުށީގައި ޚިދުމަތް ދެމުންދާ ގެސްޓްހައުސްތަކަށް ފުލުހުން … ތަފްސީލް


ޕޮލިސް ފައިލް ފޮޓޯ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ލ.ގަމުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މީހަކު ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަމުގައި މަސައްކަތްކުރާ ފުލުހުން މި ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ 20:20 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ … ތަފްސީލް


ޕޮލިސް ފައިލް ފޮޓޯ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ 2020 ފެބުރުއަރީ 21 ވަނަ ދުވަހުގެ  21:20  އެހައިކަންހާއިރު ގަލޮޅު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »