kuramathi resort

ކުށްމަދު އަމާން މާހައުލެއް ޤާއިމުކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، އއ. ކުރަމަތި އައިލެންޑް ރިސޯރޓް އެންޑް ސްޕަރގައި ކަނޑުމަތީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 23 އިން 25 އަށް  ކުރަމަތި އައިލެންޑް ރިސޯރޓް އެންޑް ސްޕަރގައި … ތަފްސީލް


police 17

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދުއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައިފިއެވެ. މިތަކެތި ހޯދާފައިވަނީ މާލެއިން މަކުނުދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. މި … ތަފްސީލް


police-20

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަމުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. މިތަކެތި ހޯދާފައިވަނީ ގަމުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޖަނަވަރީ 26 ވަނަ ދުވަހު 15:59 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ގަމު ޕާކްތެރެ … ތަފްސީލް


Dhuvaafaru

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވާއިދުތަކާއި މަގުމަތީގެ ރީތި އަދަބުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސަައްކަތްތަކުގެ ތެރެއިން، ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ގްރޭޑް 6 ގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ދުވާފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިިިިިޔަ … ތަފްސީލް


police

މަގުމަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިފައިސާތަކަކީ 2020 ޖެނުއަރީ 23 ވަނަ ދުވަހުގެ 18:50 އެހާކަންހާއިރު ޓީވީ މޯލްޑިވްސް ކައިރިިން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެކެވެ. ވީމާ މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް … ތަފްސީލް


police-212

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މި ހިނގާ ޖަނަވަރީމަހުގެ 26 ވަނަ ދުވަހުގެ  21:10  އެހައިކަންހާއިރު ގަލޮޅު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ … ތަފްސީލް


Hirimaradhoo

އާއިލީ މަސްލަހަތު ދެމެހެއްޓުމާއި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ހދ. ހިރިމަރަދޫ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން ނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ ހިރިމަރަދޫ ސްކޫލު ޕީޓީއޭ އަދި ކައުންސިލްގެ އިސްނެންގެވުމުގެ … ތަފްސީލް


police

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި  ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ބައިސްކަލަކީ 2020 ޖަނަވަރީ 20 ވަނަ ދުވަހުގެ ވަގުތެއްގައި މި ސަރވިސްއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައވާ ބައިސްކަލެކެވެ. ވީމާ މި ބައިސްކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، … ތަފްސީލް


laamaseelu zuvaana 2

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއަ “ލާމަސީލު ޒުވާނާ” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދ. ވާނީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ … ތަފްސީލް


feevah

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »