މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު މީހަކު ކާށިދޫން ހައްޔަރު ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކ.ކާށިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 22:12 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ … ތަފްސީލް


ތިމަރަފުށީ ގެއަކުން ވަގަށް ނަގާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ފައިސާއާއި ފޯނު --

ތިމަރަފުށީ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ  މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ތިމަރަފުށީ ގެއަކުން 3700 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 19:40 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ތިމަރަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. … ތަފްސީލް


MPS2253

ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅެއްގެ ވެރިފަރާތް  ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިރަން ކެވެލިކޮޅަކީ 2019 ޑިސެމްބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައި އެއް ނަންބަރު ފާލަން ކައިރިން ހޮވައިގެން  ގެނެސްފައިވާ ކެވެލިކޮޅެކެވެ. ވީމާ މިކެވެލިކޮޅުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން … ތަފްސީލް


ހދ. ނޮޅިވަރަންފަރު، ރޭވަ، އަޙްމަދު ޢަބްދުއްލަޠީފް (30އ) --

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު، ރޭވަ، އަޙްމަދު ޢަބްދުއްލަޠީފް (30އ) އެވެ. އަޙްމަދު ޢަބްދުއްލަޠީފް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.  މިފަދަ … ތަފްސީލް


ޓެކްސީ ޑްރައިވަރުންނަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން: ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައި --

ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 14:00 އާހަމައަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން … ތަފްސީލް


Velidhoo

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ.ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ދަރަވަންދޫން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަންހެންމީހާ ހައްޔަރުކޮށްފައިވަނީ ދަރަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ … ތަފްސީލް


ސ. ފޭދޫ، ހުދުއަސުރުމާގެ، މުޙައްމަދު ލިޔުޝާދު (33އ) --

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ ދެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ، ހުދުއަސުރުމާގެ، މުޙައްމަދު ލިޔުޝާދު (33އ) އެވެ. މުޙައްމަދު ލިޔުޝާދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.  މިފަދަ … ތަފްސީލް


MPS2253

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތިން ފޯނެއްގެ ވެރިފަރާތެއް ހޯދިފައިނުވާތީ މި ފޯނުތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިފޯނުތަކަކީ 2019 ޑިސެމްބަރު 14 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތިން ފޯނު ހިފައިގެން އުޅުނު މީހަކު ހުއްޓުވައި އެމީހާގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން ފޯނެވެ.  … ތަފްސީލް


PLC

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ކުލަބް ވެމްކޯ އަތުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު ޕޮލިސް ކުލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ކުލަބް ވެމްކޯގެ މައްޗަށް ޕޮލިސް ކުލަބުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓްގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް … ތަފްސީލް


police-22

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށީ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު  މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު 20 … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »