ބުރާސްފަތި ،28 ނޮވެމްބަރ 2019 / 15:49
ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުމާއި އާންމު ރައްޔިތުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. މަޑިފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން، އެރަށު ރައްޔިތުންނާ ބައްދަލުކޮށް މަޢުލޫމާތު ދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމަކީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް … ތަފްސީލް
ބުރާސްފަތި ،28 ނޮވެމްބަރ 2019 / 15:23
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރުމަށް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް … ތަފްސީލް
ބުރާސްފަތި ،28 ނޮވެމްބަރ 2019 / 10:03
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޯރުކޮށްދެމުންދާ ސެކިއުރިޓީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ވެހިކަލެއް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއް މި ވެހިކަލް ފުލުހުންނާ ހަވާލުކޮށްދެއްވީ ސްޓޭޓް ބޭންކު އޮފް އިންޑީއާގެ ކަންޓްރީ ހެޑް އަދި ސީއީއޯ އަމްރިތޭޝް މޯހަން އެވެ. … ތަފްސީލް
ބުދަ ،27 ނޮވެމްބަރ 2019 / 15:15
އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން އުފެއްދުމަށް، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ފުލުހުންނަށް އަމާޒުކޮށްގެން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ޝެޝަންގައި މަޢުލޫމާތު ދެއްވީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ އެޑްވޮކޮސީ އޮފިސަރު މަރިޔަމް ޝިބާއެވެ. މި ސެޝަންގައި ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ނިސްބަތުން ގިނައިން … ތަފްސީލް
ބުދަ ،27 ނޮވެމްބަރ 2019 / 12:46
ށ. ބިލެއްފަހީގައި ދިރިއުޅޭ ރައްޔިތުންނަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ށ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ބިލެއްފަހި ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. ނޮވެމްބަރު 23 ވަނަ ދުވަހު ބިލެއްފަހި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ އަޕަރ ނޯތު … ތަފްސީލް
ބުދަ ،27 ނޮވެމްބަރ 2019 / 10:58
ހދ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ހދ.ފިނޭ ހެލްތު ސެންޓަރު ގުޅިގެން އެރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ފިނޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ފުލުހުންނާއި އާއްމު ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. … ތަފްސީލް
އަންގާރަ ،26 ނޮވެމްބަރ 2019 / 15:46
ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ކަނޑުހުޅުދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، 18 … ތަފްސީލް
އަންގާރަ ،26 ނޮވެމްބަރ 2019 / 15:34
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ކުޅުދުއްފުށިން މަކުނުދޫއަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު 12:20 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ފިރިހެނެކެވެ. … ތަފްސީލް
އަންގާރަ ،26 ނޮވެމްބަރ 2019 / 11:17
ރ. ވާދޫ ހުޅަނގުފަރާތު ފަޅުތެރޭގައި އަޅާފައި އޮއްވާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ލޯންޗެއް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ވާދޫ ހުޅަނގުފަރާތު ފަޅުތެރޭގައި އަޅާފައިއޮތް ރަޖިސްޓްރީ ނަންބަރު: E5518B-02(09-A) “ނާނު-1 ނަމަކަށްކިޔާ މި ލޯންޗު ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި ލޯންޗު އެންމެ ފަހުން ފެނިފައިވަނީ … ތަފްސީލް
އަންގާރަ ،26 ނޮވެމްބަރ 2019 / 10:09
ކުށްމަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި މުލީ ކައުންސިލް ގުޅިގެން ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. ނޮވެމްބަރު 24 ވަނަ ދުވަހު މުލީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން 2020 ވަނަ އަހަރު ހިންގިދާނެ ޕްރޮގްރާމްތަކާއި މުލީ ކައުންސިލުން ހިންގުމަށް ރާވާފައިވާ ކަންކަމާއި ފުލުހުންގެ ގުޅިގެން ކުރެވިދާނެ … ތަފްސީލް