ނޫސްބަޔާން ނަންބަރު:PMC/2019/14 ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފުލުހުން ފާރަލަމުންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އިން ބުނާކަމަށް ދެކެވެމުންދާ ވާހަކައާއި ގުޅޭގޮތުން ދަންނަވަމެވެ. ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އެމް.އެން.ޑީ.އެފް އާއި ވިލަރެސްކޮށްގެން ކުރަންޖެހޭ ކަންކަން މި ސަރވިސްއިން ދަނީ ކުރަމުންނެވެ. އެގޮތަށް މަސައްކަތްކުރާއިރު މަސައްކަތްކުރަނީ އެއިރެއްގައި … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/13  ރައީސުލްޖުމްހުރިއްޔާގެ ޤަރާރު ނަންބަރު: 13/2018 ން އުފައްދަވާފައިވާ ‘މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން’ 1 ސެޕްޓެމްބަރ 2019 ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި މ.ޝައިނިންގސްޓާރ އަޙްމަދު ރިޟްވާނު ޢަބްދުﷲ މަރާލުމާއި ގުޅޭގޮތުން ހާމަކުރި ކަންކަމާއި ގުޅޭގޮތުން ދަންނަވަމެވެ. އެ ކޮމިޝަންގެ ތަޙްޤީޤުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބައެއް ފުލުހުންގެ … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/12 “މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަން” އިން ތަޙްޤީޤް ކުރަމުންދާ މ.ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލަ ތަޙްޤީޤްކޮށް އާންމުކޮށްފައިވާ މަޢުލޫމާތާ ގުޅިގެން ދަންނަވަމެވެ. މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަން އުފެއްދުމާއެކު އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައާއި ގުޅިގެން މިސަރވިސްގެ ތަޙްޤީޤަށް އެއްކުރެވިފައި ހުރި … ތަފްސީލް