MPS22532

އަމީނީމަގު މީރާ ކައިރިން ހޮވައިގެން ގެނެވިފައިވާ ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ފައިސާތަކަކީ 2019 ޖޫން 26 ވަނަ ދުވަހުގެ ވަގުތެއްގައި އަމީނީމަގު މީރާ ކައިރިން، މީހަކަށް ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެކެވެ. މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު … ތަފްސީލް


މާލެ، ވ.އާއަލި، އަޙްމަދު މުފީދު

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ މާލެ، ވ.އާއަލި، އަޙްމަދު މުފީދު (50އ) އެވެ. އަޙްމަދު މުފީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ … ތަފްސީލް


Fair

ހުޅުމާލެ ދެވަނަ ފޭސްގައި ބޭއްވި އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައި.އެމް.ޓީ.އެމް) ފެއަރގައި ޓުއަރިސްޓް ޕޮލިހުން ބައިވެރިވެއްޖެއެވެ. ޖޫން މަހުގެ 26 ން 27 އަށް ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިޔަ މި ފެއަރގައި ޓުއަރިސްޓް ޕޮލިސްގެ ސްޓޯލެއް ބަހައްޓާފައިވާއިރު، މި ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށްވަނީ ޓުއަރިސްޓް ޕޮލިސްގެ މަސައްކަތަކާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން … ތަފްސީލް


Sharafudhin

ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއި އެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން، އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ކުރިއަށްގެންދިޔަ “ކޭމްޕް ފުރާވަރު” ނިންމާ ބައިވެރިންނަށް ސެޓުފިކެޓު ދީފިއެވެ. ހިތަދޫ ސްކޫލްގައި މިކަމަށްޓަކައި މިދިޔަ ހޮނިހިރު … ތަފްސީލް


Coaching ninmun1

ޕޮލިސް ކުލަބާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ “ޑީ”  ކޯޗިންގ ސެޓްފިކެޓް ކޯސް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި އެފްއޭއެމްގެ … ތަފްސީލް


ފަހުގެ ލިޔުންތައް »