އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލުމުގެ ތެރެއިން --

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ރ.އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ ޖުލައި 04  ވަނަ ދުވަހު ރ.އުނގޫފާރު  ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ. ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވާ މި ތަކެއްޗަކީ ހަތަރު މައްސަލައެއްގައި ހިމެނޭ 175 ބަނގުރާ ފުޅިއާއި 112 ބިޔަރު ދަޅެއެވެ.   … ތަފްސީލް


އިސްމާޢީލް ޝަރީފް

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ތ.ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފް (38އ) އެވެ. އިސްމާޢީލް ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ … ތަފްސީލް


GID

މާލޭ ގެެއެއްގެ ގޯޅިތެރެއިން ވެރިއަކު ނެތް ރަތްކުލައިގެ ފޮށްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ، އެ ފޮށީގެވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ފޮށި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2019 ޖުލައި 1 ވަނަ ދުވަހު މާލޭ މައްޗަންގޯޅި އަވަށުގައި ހުރި ގެއެއްގެ ގޯތި ތެރެއިންނެވެ. ވީމާ މިފޮށީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ … ތަފްސީލް


police-101

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 3 ވަނަ ދުވަހުގެ 19:15 ހާއިރު ހިންގި އޮޕަރޭޝަނުގައި … ތަފްސީލް


MPS2253

2019 ޖޫން މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގަޔަށް ސައިކަލެއްގައި އައި ބަޔަކު އަތްލައި ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ފުލުހުން ބެލިބެލުމުން ހަމަ އެދުވަހު މާލޭގެ އިތުރު ދެ ސަރަޙައްދަކުން ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ވަނީ … ތަފްސީލް


ކވ: ޢަލީ އަކްރަމް -   ޙަސަން ނާޢިމް

ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، ސަމަންދަރު، އަލީ އަކްރަމް (29އ) އާއި ސ. ހިތަދޫ ، ފިނިމާ، ޙަސަން ނާޢިމް (31އ)  އެވެ. ވީމާ  މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9791612އަށް ގުޅުއްވައި … ތަފްސީލް


police-22

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މ.މުލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕރަޭޝަނެއްގައި އެރަށުގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.  މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި … ތަފްސީލް


Naalafushi 2

މ. މުލީ ޕޮލިސް ސްޓޭޝަނުގެ އިސްނެގުމުގެ މަތިން މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރާއި ނާލާފުށީ ސްކޫލު ގުޅިގެން އެސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ޖޫން 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނާލާފުށީ ސްކޫލުގެ 40 ބެލެނިވެރިން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ … ތަފްސީލް


police-212

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ.އަތޮޅު ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ހިރިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި  ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 1 ވަނަ … ތަފްސީލް


0-02-03-0bf3b503a574971a0e30bb09d2aa4b50e7b3697893c944e10c288bbca84465ac_b6873def_1561960918

ހއ. ކެލާ  ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކެލާ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ގޭގެއަށް ޒިޔާރަތްކޮށް ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި، ވައްކަން ކުރާފަރާތްތަކަށް ފުރުސަތު ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި، އެޅިދާނެ … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »