ނޫސްބަޔާން ނަންބަރު:PMC/2019/10 2019 ޖުލައި 08 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އިތުރުފުޅު ހައްދަވާފައިވާކަމަށް ބުނެ ބައެއް ފާރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅޭ ގޮތުން ދަންނަވަމެވެ. ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު އޭނާ ހައްޔަރުކޮށްގެން … ތަފްސީލް


މާލެ، ނޯތުހާބަރުގައި ހުންނަ ޕޭޓޮއިލެޓް ތެރެއިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މިފައިސާތައް ފެނިފައިވަނީ 2019 ޖުލައި 04 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ވީމާ މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން … ތަފްސީލް


އިހަވަންދޫގައި ނެއިބަހުޑް ޕޮލިސް ތަޢާރަފުކުރުމާ ގުޅޭގޮތުން ޚިޔާލުހޯދުމަށް ގޭގެއަށް ކުރި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: އިހަވަންދޫ ޕޮލިސް

ހއ. އިހަވަންދޫގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފްކުރުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. 2019 ޖޫން 30 އިން ޖުލައި 08 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ދަށުން، އިހަވަންދޫގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރެވިފައިވެއެވެ. އެގޮތުން ނެއިބަރހުޑް އޮފިސަރުންނާ އާންމު ރައްޔިތުންނާ … ތަފްސީލް


މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކާށިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ކާށިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 07 ވަނަ ދުވަހުގެ 01:25 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި ކާށިދޫ … ތަފްސީލް


viber_image_2019-07-09_08-25-52

ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިޔަށް ގެންގޮސްފިއެވެ. ޖަލާލުއްދީން ސްކޫލުގައި ޖުލައި 7 ވަނަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ މި ސެޝަނުގައިި  މަޢުލޫމާތު ދީފައިވަނީ އަމިއްލަ ނަފުސު ކުރިއަރުވާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން  އަލަށް ވަޒީފާގެ މާހައުލަށް ނިކުންނަ ދަރިވަރުންގެެ އުޅުމާއި އަޙްލާޤް ބައްޓަން ކުރަންވީ ގޮތާއި އަމިއްލަ ކުރިއެރުމަށް … ތަފްސީލް


CP

ފުލުހުންގެ އޮޕަރޭޝަންތަކާއި ހަރަކާތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ޖަވާބުދާރީވުމުގައި މިހާރަށްވުރެ ފުރިހަމަވާންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ދ. ވާނީގައި ބޭއްވި ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ “މެސް ނައިޓް” ގައި  ކޯހުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. … ތަފްސީލް


maamigili

އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން އިސްނަގައި ޕޮލިސް މެޑިކަލް ސަރވިސްއާ ގުޅިގެން އދ.އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ސެޝަނެއް ނަގައިދީފިއެވެ. މި ހިނގާ ޖުލައި މަހުގެ 5 ވަނަ ދުވަހުގެރޭ އދ. އަތޮޅު މަދަރުސާގެ ހޯލުގައި ކުރިއަށް ގެންދިޔަ ސެޝަނަކީ ބެލެނިވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު … ތަފްސީލް


footage

މަތީގައިވާ ވީޑިއޯ އިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ބައިސްކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ. މިމީހާ ހޯދަމުންދަނީ 2019 ޖޫން 23 ވަނަ ދުވަހުގެ 12:55 އެހައިކަށްހައިއިރު ފަރީދީމަގު ސްޓެޓިކް ކޮމްޕަނީ ކައިރީ ޕާކްކޮށްފައިހުރި ސިލްވަރ ކުލައިގެ ބައިސްކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ވީމާ … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/09 މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން 2019 ޖުލައި 05 ވަނަ ދުވަހުގެރޭ ގާތްގަނޑަކަށް 19:35 ހާއިރު ހިންގި އޮޕަރޭޝަނުގައި މ.އުޖާލާގެ ބަލާފާސްކޮށްފައިވެއެވެ. މި ގެ ބަލާފާސްކުރިއިރު އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ވަނީ … ތަފްސީލް


police2

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޅ.އަތޮޅު ރިސޯޓަކުން ނައިފަރަށް ދަތުރުކުރަމުންދާ ލޯންޗަކުން ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާކާ ގުޅިގެން … ތަފްސީލް


« ކުރީގެ ލިޔުންތައް