police-18

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ލ.އަތޮޅު ފެރީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެެންެ  ހިންގި  މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނެކެވެ.  ޖޫން 25 ވަނަ ދުވަހު 15:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި … ތަފްސީލް


police-211

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު  މީހަކު  އައްޑޫ ސިޓީ ފޭދޫން ހައްޔަރުކޮށްފިއެވެ. މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެ. ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 25 ވަނަ … ތަފްސީލް


މަހިބަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތެރެއިން  އދ.މަހިބަދޫގައި ރޯޑްސޭފްޓީ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ޖޫން 25 ވަނަ ދުވަހު ކުރިޔަށް ދިޔަ މިހަރަކާތަކީ ސަރުކާރުން ކުރިޔަށް ގެންދާ ރޯޑް ސޭފްޓީ ސޯޝަލް މީޑިއާ ކެންޕެއިން ހަރަކާތުގެ ތެރެއިން ކުރިޔަށް ދިޔަ ހަރަކާތެކެވެ. މިހަރަކާތުގައި … ތަފްސީލް


traffic

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓާއި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ޖޫން 24 ވަނަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަގުމަތީގެ ރިވެރި އަދަބުތަކާއި ގުޅޭ ގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި … ތަފްސީލް


100

އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ. މިތަކެތި ނައްތާލައިފައިވަނީ މިއަދު ހެނދުނު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ. މިއަދު ނައްތާލައިފައިވަނީ، 25 އޮކްޓޯބަރ 2018ން 15 ޖޫން 2019 އާއި ހަމައަށް  76 މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 145 ބަނގުރާ ފުޅިއާއި … ތަފްސީލް


ihavandhoo

ހއ. އިހަވަންދުއަކީ ކުށްމަދު އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުށްމަދު ކުރުމުގެ އޮޕަރޭޝަންތަކެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ޖޫން22 ވަނަ ދުވަހުގެރޭ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި، ކުށްތަކަށް މަގުފަހިވާގޮތަށް އެރަށުގައި ހުރި ފަޅުގެތަކާއި ހުސްބިންތަކާއި ވަލުތެރެއާއި ރަށުތެރޭގައި ގުރޫޕް ހަދައިގެން މީހުން … ތަފްސީލް


ސ.މަރަދޫފޭދޫ، ވަޑިގެ، އަޙްމަދު އާރިފް

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ، ވަޑިގެ، އަޙްމަދު އާރިފް (35އ) އެވެ. އަޙްމަދު އާރިފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު … ތަފްސީލް


00

ފުވައްމުލައް ސިޓީގެ އައިޑިއަލް ޕްރީ ސްކޫލުގައި ތަޢުލީމް ހާޞިލްކުރަމުންގެންދާ އެލްކޭޖީއާއި ޔޫކޭޖީގެ ދަރިވަރުން މެރިން ޕޮލިސް ލޯންޗަށް ޒިޔާރަތްކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ. މެރިން ޕޮލިހާއި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ދަރިވަރުންނަށް މަޢުލޫމާތުދީފައިވަނީ މެރިން ޕޮލިސްގެ ލޯންޗުގައެވެ. އެގޮތުން  މެރިން ޕޮލިސްގެ މަސައްކަތްތަކަކީ ކޮބައިކަން ދަރިވަރުންނަށް … ތަފްސީލް


Laamu

ކުޑަކުދިންނާއި ގުޅޭގޮތުން ލ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކަށް ހުށައެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގެ މަސައްކަތް އަވަސްކޮށް ހަރުދަނާ ކުރުމުގެ ގޮތުންނާއި ޝަރުޢީ މަރުޙަލާގައި މައްސަލަތައް ނިންމުމުގައި މިހާރަށްވުރެ އަވަސް ކުރުމުގެ ގޮތުން ލާމު ފެމެލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ. ޖޫން 23 ވަނަ … ތަފްސީލް


police 16

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »