Coaching Course

ޕޮލިސް ކުލަބާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ “އެފްއޭއެމް ޑީ ސެޓްފިކެޓް ކޯޗިންގ” ކޯސް ފަށައިފިއެވެ. އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒްއެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް މުޙައްމަދު ރަޝީދު އާއި ޕޮލިސް ކުލަބުގެ ނައިބު ރައީސް ޗީފް … ތަފްސީލް


Info Session

ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން “އަމާންވެށި” ކެމްޕެއިންގެ ތެރެއިން އައްޑޫސިޓީ ހިތަދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމުގެ އިތުރުން ހިތަދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖޫންމަހުގެ 26 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި ސ. ހިތަދޫ ސްކޫލްގެ … ތަފްސީލް


CP Cup

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭވޭ ސީޕީ ކަޕް އިންޓަރ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތާއި ސިކްސްއަ ސައިޑް ވުމަންސް ފުޓްބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިއްޔެ އިސްކަންދަރު ބިލްޑިންގގައި  ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްޓަރީއާއި … ތަފްސީލް


އަފީފުއްދީން ސްކޫލާއި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓުންނަށް ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން --

ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގެ ސްކައުޓުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. ޖޫން މަހުގެ 20 ވަނަ ދުވަހު ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރު ޤާނޫނާއި އެޤާނޫނާއި ގުޅުންހުރި  ޤަވާއިދުތަކުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި މަގުމަތި ބޭނުން ކުރުމުގެ ރީތި … ތަފްސީލް


police-101

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިވެއެވެ. އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށްދާ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި އަންހެނެކެވެ. … ތަފްސީލް


ކާށިދޫ ގެއަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތި --

ކ.ކާށިދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާކަމަށްބުނެ ޖޫން 23 ވަނަ ދުވަހުގެ ހެނދުނު 10:50 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެދަށަށްގެނެސް މިމީހާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު … ތަފްސީލް


FVMPLC13

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން  ހިންގި އޮޕަރޭޝަނެއްގައި، ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.  މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ވައިގެ މަގުން ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި … ތަފްސީލް


Gan

ލ. ގަން އިގްރާ ޕްރީ ސްކޫލްގައި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުން ލ. ގަން ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ. ސަރުކާރުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށް މުއައްސަސާތަކަށް ދަރިވަރުން ކުރަމުންދާ ޒިޔާރަތުގެ ތެރެއިން، ގަން ޕޮލިސް ސްޓޭޝަނަށް އިއްޔެ ޒިޔާރަތްކޮށް އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ހޯދާފައިވެއެވެ. އެގޮތުން ދަރިވަރުން މިކުރި ޒިޔާރަތުގައި، ޕޮލިސް ސްޓޭޝަނުގައި ކުރަމުންދާ މަސައްކަތްތަކާއި މަސައްކަތްތައް ރާވާފައިވާގޮތް ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް … ތަފްސީލް


IMG_20190626_172117

ބައިނަލްއަގްވަމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޫނިދޫގައި ބޭއްވި މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ. މިއަދު މެންދުރުފަހު ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި … ތަފްސީލް


police-18

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ލ.އަތޮޅު ފެރީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެެންެ  ހިންގި  މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނެކެވެ.  ޖޫން 25 ވަނަ ދުވަހު 15:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »