Himmafushi

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ހިންމަފުށިން ހައްޔަރުކޮށްފިއެވެ. މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރަމުންދާ ފެރީ ދޯންޏަކުން ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 30 ވަނަ ދުވަހުގެ … ތަފްސީލް


Kaashidhoo

ކ. ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށްބުނެ މި މަހުގެ 25 ވަނަ ދުވަހު ކާށިދޫ ޕޮލިސް ސްޓޭޝަނަށް ހުޅަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބައެއްތަކެތި ހޯދައި ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ވިއްކަން … ތަފްސީލް


security

ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން އެތަންތަނުގެ ވެރިންނާއެކު ފުލުހުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އިއްޔެ ބޭއްވި މިބައްދަލުވުމުގައި، ސެކިއުރިޓީ ފަރމްތަކާއިގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވެފަހުރި ކަންތައްތަކާއި، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާއިރު ސަމާލުކަންދޭންވީ ކަންކަމާއިގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ސެކިއުރިޓީންގެ މަސައްކަތް ހަރުދަނާކުރުމަށް ސުޕަރވައިޒް ކޮށް މޮނިޓަރ ކުރުން ހަރުދަނާކުރާނެ ގޮތްތަކާއި ކުށެއް … ތަފްސީލް


Looth & Iuthisham

ސ. ގަން ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ  ސ. ފޭދޫ / ޝަބުނަމީވިލާ، އަޙްމަދު ލޫޠު ނަޢީމް (18އ) އާއި ސ. ފޭދޫ / ހަވީރީނާޒު، އިޢުތިޞާމް މުޙައްމަދު (21އ) އެވެ. ވީމާ މި ދެމީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ. ގަން … ތަފްސީލް


police

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި  ހއ. އަތޮޅުގެ ރިސޯޓަކުން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މާލެއިން ފުރައިގެން ހއ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން ދެމީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 05:15 ހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 … ތަފްސީލް


Holhudhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެކެވެ. ހޮޅުދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 29 ވަނަ ދުވަހުގެ 11:59 … ތަފްސީލް


Thaa atoll

ޑިވިޜަން ކޮމާންޑަރާއި ތ. އަތޮޅު ކޮމާންޑަރު ތ. އަތޮޅު ކައުންސިލާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފިއެވެ. ތ. އަތޮޅު ކައުންސިލް އިދާރާގައި މެއި 29 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުންތަކުގައި، ތ. އަތޮޅަކީ ކުށްމަދު އަމާން މުޖުތަމައެއް ޤާއިމު ވެފައިވާ އަތޮޅަކަށް ހެދުމަށްޓަކައި ކުށްމަދުކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި … ތަފްސީލް


ފަައިލު ފޮޓޯ--

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެކެވެ. މި ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރ. އިފުރުގައި މަސްތުވާތަކެތި … ތަފްސީލް


thaa

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނާއި ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މިއޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ އަންހެނެކެވެ. މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ތިމަރަފުށީގައި މަސްތުވާތަކެތި … ތަފްސީލް


police 2

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވެލިދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 28 ވަނަ ދުވަހުގެ … ތަފްސީލް


« ކުރީގެ ލިޔުންތައް