GDH Atoll

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އަތޮޅު ކައުންސިލާ ތިނަދޫ ކައުންސިލާއި މަޑަވެލި ކައުންސިލާއި އަދި ހޯޑެއްދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ހެނދުނު ގދ .އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި، ކައުންސިލުތަކަށް … ތަފްސީލް


kids haveeru

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. ތިނަދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި މި ކުޑަކުދިންގެ ހަވީރު ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. މި ހަވީރުގައި ތަފާތު އެކި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި … ތަފްސީލް


dinner night

ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުކޮށް ހިތްއުފާކޮށްލުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ޑިނަރ ނައިޓު ގދ. ތިނަދޫގައި ބާއްވައިފިއެވެ. ރޭ ބޭއްވި މި ޑިނަރ ނައިޓް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އެވެ. މި ޑިނަރ ނައިޓުގައި  ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު … ތަފްސީލް


ފޮޓޯ: އިބްރާހީމް މަމްދޫޙް، ހިޔާވަހި / ހއ.އިހަވަންދޫ--

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ހއ.އިހަވަންދޫ / ހިޔާވަހި، އިބްރާހީމް މަމްދޫޙް (37އ) އެެވެ. ވީމާއިބްރާހީމް މަމްދޫޙްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660183 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް … ތަފްސީލް


ފޮޓޯ: ޢަލީ ނަޛީރު، ކިނާރާ / ރ.އަލިފުށި--

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިއަމުރާ ގުޅިގެން ހޯދަމުންދަނީ ރ.އަލިފުށި / ކިނާރާ، ޢަލީ ނަޛީރު (37އ) އެވެ. ޢަލީ ނަޛީރު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާއި ގުޅިގެން، ބަންދުގައި … ތަފްސީލް


ފޮޓޯ: ޢަބްދުﷲ މުޙައްމަދު، ބްލޫރީގެ މިސްކިތްމަގު / ޏ.ފުވައްމުލައް--

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް / މިސްކިތްމަގު. ބްލޫރީގެ، ޢަބްދުﷲ އަޙްމަދު (50އ) އެެވެ. ވީމާ ޢަބްދުﷲ އަޙްމަދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 6865013 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ … ތަފްސީލް


Milandhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ. މާލެއިން ފުރައިގެން މިލަންދުއަށް ދަތުރުކުރަމުންދާ ފެރީއަކުން މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހެކެވެ. އެޕްރީލް … ތަފްސީލް


Gdh drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަޕަރ ސައުތު ޑިވިޝަންއާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަދި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިކަން ހާމަކުރެއްވީ ފުލުހުންގެ 86 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ގދ.ތިނަދޫގައި މިރޭ ކުރިއަށްގެންދިޔަ ޑިނަރ ނައިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. … ތަފްސީލް


Hulhudhuffaaru

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހުޅުދުއްފާރުން މީހަކު ހައްޔަރުކޮށްފިއެވެ. މާލެއިން ހުޅުދުއްފާރަށް ދަތުރުކުރަމުންދާ ލޯންޗަކުން މީހަކު ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. … ތަފްސީލް


GA 2

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ގއ. އަތޮޅު ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓް ގުޅިގެން، ގއ. ވިލިނގިލީގައި ހުންނަ އެއަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް … ތަފްސީލް


« ކުރީގެ ލިޔުންތައް