Mulaku

މ. މުލަކު ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުން ޓްރެފިކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މާރިޗު 30ވަނަ ދުވަހު މުލަކު ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި ޓްރެފިކް ނިޝާންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން މަގުމަތީގެ އަދަބުތަކާއި ހިނގާބިނގާވެ އުޅުމުގައާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންނަށް ކުރެވިދާނެ … ތަފްސީލް


Fuvahmulah

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުވައްމުލައް ދޫޑިގަން އަވަށު އަތިރިމަތީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މާރިޗު 28ވަނަ ދުވަހު ފުވައްމުލައް ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން … ތަފްސީލް


Jalsaa

ފުލުހުންގެ ޚިދުމަތަށް 86 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ބާއްވައިފިއެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްެދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައިދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ފުހުހުން އަންނަނީ ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުންކަން ކުރައްވަމުންކަމަށާއި … ތަފްސީލް


Flag Hosting Ceremony newspic

ދިވެހި ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.  ރޭ 00:00 ގައި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. މިރަސްމިއްޔާތުގައި … ތަފްސީލް


86 Anniversary E Card

-- ފައިލް ފޮޓޯ

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ވާގޮތުގެ މަތިން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީ އާއި ފިރިހެން މުވައްޒަފުންނަށް ޕެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު އެއް މަސްދުވަހުގެ ޗުއްޓީ ދޭން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ 2019 މާރިޗު މަހުގެ 27 ވަނަ ދުވަހު ބޭއްވި ފުލުހުންގެ … ތަފްސީލް


ފޮޓޯ: ސ.ހިތަދޫ / ޚަރުދަލުގެ، ޢަބްދުﷲމަނިކުފާނު

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ / ޚަރުދަލުގެ، ޢަބްދުﷲމަނިކުފާނު (38އ) އެވެ. ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް … ތަފްސީލް


Gan drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މާލޭން ފޭދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ފޭދުއަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. … ތަފްސީލް


Gulhi

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ގުޅީ ޕޮލިސް ޑެސްކުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ގުޅީގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. މާރިޗް 27 ވަނަ ދުވަހުގެ 21:59 ހާއިރު ހިންގި މިއޮޕަރޭޝަންގައި، އެރަށު މަގުމަތިން މިމީހާ ހުއްޓުވައި … ތަފްސީލް


Velidhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މާލެއިން ވެލިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މާރިޗު 27 ވަނަ ދުވަހު … ތަފްސީލް


« ކުރީގެ ލިޔުންތައް