Thimarafushi

ކުށްމަދު އަމާން ވެއްޓެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. ޖަނަވަރީ 30 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ފުލުހުންނާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ލިބިފައިވާ މިންވަރާއި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް … ތަފްސީލް


Hulhumale

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް  ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖަނަވަރީ 29ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓް … ތަފްސީލް


L. Atoll

ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން، ލ. އަތޮޅު ފެނަކަ އޮފީހުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، ލ. އަތޮޅު ފުލުހުންނާއި ލ. އަތޮޅު ފެނަކައަކީ އާއްމު ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކެއް ދެމުންދާ ދެ މުއައްސަސާއަށް ވުމާއެކު ދެ މުއައްސަސާގެ ގުޅުން އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި މުޖްތަމައުއާއި … ތަފްސީލް


PG meeting

ކ. ހިންމަފުއްޓާއި ތުލުސްދޫގައި މަސައްކަތްކުރާ ފުލުހުންނާ ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިސާމް ބައްދަލުކުރައްވައިފިއެވެ. ޖަނަވަރީ 29ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިބައްދަލުކުރެއްވުމުގައި، ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ޖިނާޢީ އިޖުރާޢަތު ފުރިހަމަކޮށް ތަޙުޤީޤުތައް ކުރިއަށް ގެންދިއުމުގައި ދިމާވަމުންދާ ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށްޓަކައި ފުލުހުންނާއެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް، ކަމާގުޅުންހުރި … ތަފްސީލް


ThaiWook

ތިރީގައިވާ ވީޑިއޯއިން ފެންނަ މީހުންނަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ސައްޚަނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެމީހުންނެވެ. ވީމާ މިމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން  ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި … ތަފްސީލް


Madeega cutter alhaifai

ތިރީގައިވާ ވީޑިއޯއިން ފެންނަ މީހުންނަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ޕާރކްކޮށްފައި ހުރި ސައިކަލްތަކެއްގެ މަޑީގައި ކަޓަރު އަޅާފައިވާ  މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ. ވީމާ މިމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން  ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން … ތަފްސީލް


viber image

ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކ. ހިންމަފުއްޓާއި ހުރާގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ކ. ހުރާ ޕޮލިސް ޑެސްކާއި ހުރާ ކައުންސިލް ގުޅިގެން، އެރަށުގައިހުރި ގެސްޓު ހައުސް ތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާއިރު ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ހިންމަފުށި ކައުންސިލް ގުޅިގެން، އެރަށުގައި ހުރި ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ. ޖަނަވަރީ 28ވަނަ … ތަފްސީލް


MNU meeting

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ލ. ގަން ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަހުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެގޮތުން ޖަނަވަރީ 29 ވަނަ ދުވަހު، ގދ. ތިނަދޫގައި ހުންނަ އެމް.އެން.ޔޫ ކެމްޕަހުގެ އިސްވެރިންނާއެކުވެސް ބޭއްވި މިމަޝްވަރާ ބައްދަލުވުމުގައި، ދެފަރާތުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި ފުލުހުންނާ ގދ. ތިނަދޫ  ކެމްޕަސް ގުޅިގެން ހިންގިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ … ތަފްސީލް


MNDF meeting

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ. ފުލުހުންނާ އެމްއެންޑީއެފާއި ލ. ފޮނަދޫ ކައުންސިލާއި ގަމު ކައުންސިލް ގުޅިގެން މިއަދު ބޭއްވި މިމަޝްވަރާ ބައްދަލުވުމުގައި، ލ. އަތޮޅުގައި އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާތީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މުއައްސަސާތައް ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ފުލުހުންނަށް … ތަފްސީލް


Kangaroo kids parents

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީގެ ކެންގަރޫކިޑްސް ސްކޫލު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ރޭ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި،  އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، މަގުމަތީގައި ބެހެއްޓިފައި ހުންނަ ޓްރެފިކް … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »