viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި ދެއޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު ތިންމީހަކު މާލެއިން ހައްޔަރުކޮށްފިއެވެ. މި ދެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި ތިންމީހުންގެ ތެރެއިން  47 … ތަފްސީލް


viber image

ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ނެއިބަރހުޑް ސަޕޯޓު އޮފިސަރުން، ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ބާއްވާ މިފޯރަމް އޮންނާނީ 2019 ޖަނަވަރީ 22ވާ އަންގާރަ ދުވަހުގެ 20:30ން 23:00ށް އިސްކަންދަރު ބިލްޑިންގގައެވެ. މިފޯރަމްގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ވިޔަފާރިވެރިން … ތަފްސީލް


Dhigurah

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. ދިގުރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިގުރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަދު 09:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނެކެވެ.  ދިގުރަށު ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި، ދިގުރަށު ބަނދަރު ސަރަހައްދުން މިމީހާ ހުއްޓުވާ … ތަފްސީލް


viber image

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކާށިދުއަށްއައި ފެރީ ލޯންޗުން މަސްތުވާތަކެތި ގެނައިކަމަށް ޝައްކުކުރެވިގެން، ޖަނަވަރީ 16 ވަނަ ދުވަހު 18:05 ހާއިރު  ހިންގި އޮޕަރޭޝަނެކެވެ. ކާށިދޫ ޕޮލިސް … ތަފްސީލް


މާލެ، މ.ގޮގްރެސްމާގެ، މުޙައްމަދު ސިޔާދު

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ މާލެ، މ.ގޮގްރެސްމާގެ، މުޙައްމަދު ސިޔާދު (38އ) އެެވެ. ވީމާ  މުޙައްމަދު ސިޔާދުއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް … ތަފްސީލް


viber image

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ.ތިމަރަފުށީގައި ދުއްވާ އެއްގަމު އުޅަނދު ބަލައިފާސްކޮށްފިއެވެ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ޖަނަވަރީ 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ، ތިމަރަފުށީގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ތިމަރަފުށީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ … ތަފްސީލް


viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓުތަކަކާއެކު ނައިފަރުން މީހަކު ހައްޔަރުކޮށްފިއެވެ. ނައިފަރަށް މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަދު 12:02 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ. ނައިފަރު ޕޮލިސް … ތަފްސީލް


ކވ:  މުޙައްމަދު ނާޖިހު-  ޝަމްހާން އަޙްމަދުމަނިކު -  އަޙްމަދު ޝިނާހް -  ޤައިސް ޢަބްދުﷲ ޢަނީސް 

 ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ށ.މިލަންދޫ، ނަސީމީވިލާ، މުޙައްމަދު ނާޖިހު (18އ) އާއި ތ.ތިމަރަފުށި، އަންނާރުމާގެ، ޝަމްހާން އަޙްމަދުމަނިކު (17އ) އާއި ސ.ފޭދޫ، އެންދެރިމާގެ، އަޙްމަދު ޝިނާހް (30އ) އަދި ގދ.މަޑަވެލި، ލަގްޒަރީ، ޤައިސް ޢަބްދުﷲ ޢަނީސް (19އ) … ތަފްސީލް


viber image

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. މިއަދު ނައްތާލާފައިވަނީ، 2016ން 2018ށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2016ވަނަ އަހަރުގެ 29 މައްސަލައަކާއި 2017 ވަނަ އަހަރުގެ 131 މައްސަލައަކާއި 2018ވަނަ އަހަރުގެ މައްސަލައަކާއި އަދި އިތުރު  38 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ … ތަފްސީލް


viber image

 ހދ.ކުޅުދުއްފުށީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފްކުރުމަށް ހިންގާ ޕައިލެޓް ޕްރޮޖެކްޓްގެ ތެރެއިން، އާންމު ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފިއެވެ. ޖަނަވަރީ 14ން 19ށް ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން، ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށާއި އަމިއްލަ އޮފީސްތަކަށާއި ގޭގެއަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ނެއިބަރހުޑް … ތަފްސީލް


« ކުރީގެ ލިޔުންތައް