police 3

ކުށްމަދު އަމާން މާހައުކެއް ގާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މސައްކަތްތަކުގެ ތެރެއިން، ލ. ގަނ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަމު، ތުނޑިއަވަށުގެ ގެއެއް ބަލައިފާސްކޮށް މަސްމަރާ ބަނޑިއެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. މަސްމަރާ ބަޑިއެއް ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެގޭގައި ހުރި ގަރާޖު ކޯޓު އަމުރެއްގެ … ތަފްސީލް


police 14

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު … ތަފްސީލް


TS

މޯލްޑިވްސް ޕޮލިސް ސަރވިސްގެ  2019 ން 2024 އަށް އެކުލަވާލައިފައިވާ ސްޓްރެޓިޖިކް ޕްލޭންގެ ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގައި އެކުލެވޭ ކަންތައްތަކުގެ ތެރެއިން ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ‘ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް’ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓަންޓް ކަމިޝަނަރ އޮފް … ތަފްސީލް


Hulhumale

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ޕޮލިސް ސްޓޭޝަނުން، ބަނގުރާފުޅި ތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބަނގުލަދޭޝް މީހެކެވެ. އޮކްޓޯބަރ 16 ވަނަ ދުވަހުގެރޭ ގާތްގަނޑަކަށް 19:52 އެހާކަންހާއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު ދަބަހެއް ހިފައިގެން އުޅުނު އެމީހާ ހުއްޓުވައި ފުލުހުންގެ … ތަފްސީލް


Kaashidhoo

ކާށިދުއަކީ ކުށްމަދު އަމާން ރައްކާތެރި ރަށަކަށް ހެދުމަށްޓަކައި ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކާށިދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ. މިހިނގާ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ކާށިދުއަކީ ކުށްމަދު އަމާންތަނަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި މިހާރު ހިނގާ ކުށްތައް ހިންގަން މެދުވެރިވާ ސަބަބުތައް … ތަފްސީލް


police 7

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދ. ބަނޑިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ބަނޑިދޫން ހައްޔަރުކޮށްފިއެވެ. މާލެއިން ބަނޑިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ބަނޑިދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަަހަރުގެ ފިރިހެނެކެވެ.  އޮކްޓޯބަރު 15 … ތަފްސީލް


Shine

ކޮމިއުނިޓީ ހެލްޕަރސް ޑޭ ފާހަގަ ކުރުމަށް ޝައިން ލާނަރސް ޕްރީސްކޫލުން ބޭއްވި އިވެންޓުގައި ފުލުހުން ބައިވެރިވެއްޖެއެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެ ސްކޫލުގައި ބޭއްވި މިއިވެންޓުގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެންއެސްއޯ ގުޅިގެން ދަރިވަރުންނަށް  ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުލުހުން ކުރާ މަސައްކަތްތަކާ … ތަފްސީލް


ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --

ސްކޫލްތަކުގެ ދަރިވަރުންނަށް އެކި ކަންކަމަށް އަހުލުވެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ގުޅޭގޮތުން ގއ. ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އޮކްޓޫބަރު 15 ވަނަ ދުވަހު ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުންނާއި މަގުމަތީގެ … ތަފްސީލް


police-22

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މައްޗަންގޯޅި ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކަކާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި 02 ފިރިހެނުންނާއި 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. … ތަފްސީލް


police-212

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ނ.އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 14 ވަނަ … ތަފްސީލް


« ކުރީގެ ލިޔުންތައް