viber image

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ޑިސެމްބަރ 25ވަނަ ދުވަހުގެ 19:00 ހާއިރު ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުންދިޔައިރު، ހޯޑެއްދޫގެ ބަނދަރު ސަރަޙައްދުން ފެނުނު 31 އަހަރުގެ މީހެއްގެ ޢަމަލުތައްހުރި ގޮތުން، އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 26 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މިމައްސަލައިގައި … ތަފްސީލް


viber image

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. ހޯޑެއްދުއާއި މަޑަވެލީގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފިއެވެ. ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ޑިސެމްބަރ  25 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި،  ހޯޑެއްދުއާއި މަޑަވެލީގައި ދުއްވާ އެއްގަމު އުޅަނދު ތަކަކީ ޤަވާއިދާއި އެއްްގޮތަށް ދުއްވާ އުޅަދުތަކެއްތޯ ބަލައިފައިވެއެވެ. އެގޮތުން އުޅަނދުގެ … ތަފްސީލް


މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން -- ފައިލް ފޮޓޯ

އައު އަހަރާއި ދިމާކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ޚާއްސަ މަސައްކަތްތަކެއް މާދަމާ ފަށާނެއެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަސައްކަތްތަކަކީ އައު އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުމުގެ ގޮތުން ފަށާ އޮޕަރޭޝަނެކެވެ. އެގޮތުން މި މަސައްކަތްތަކުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން … ތަފްސީލް


އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސްފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ފުވައްމުލަކު ސިޓީ ކައުންސިލާ ގުޅިގެން އެސިޓީގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ޑިސެމްބަރު 26 ވަނަ ދުވަހުގެ ހަވީރު އަތުގުޅާލުމުގެ ހަރަކާތަކާއި ހިނގާލުމެއް ކުރިއަށް ގެންގޮސްފައިވާއިރު މި ދެ ހަރަކާތްތަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ސުނާމީ ކާރިޘާގައި ނިޔާވި ފަރާތްތަކުގެ … ތަފްސީލް


viber image

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ.މަޑިފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑިސެމްބަރ 24 ވަނަ ދުވަހުގެ 14:10 ހާއިރު މަޑިފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ … ތަފްސީލް


viber image

 އައްޑޫސިޓީގައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ތަޢާރަފްކުރުމާއިގުޅޭ މަޝްވަރާ ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ. ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝުހާދުއާއި ސައުތު ޕޮލިސް ޑިވިޜަންގެ އެކްޓިންގ ޑިވިޜަން ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޒިޔާދު އަލީ، އައްޑޫ ސިޓީ ގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި އެކު ބޭއްވި މިމަޝްވަރާ … ތަފްސީލް


މަތިން ކ-ވ: ސ.ހިތަދޫ، ސައުތުރޯސް، މޫސާ މުންތަސިމް (29އ) އާއި ދަފްތަރު ނަންބަރު 1503، އާމިނަތު ޙިލްމީ (62އ) އާއި  ދަފްތަރު ނަންބަރު2769، މުޞްޠަފާ ޢަބްދުﷲ (54އ):  ތިރިން ކ-ވ:  ދަފްތަރު ނަންބަރު1502، މުޞްޠަފާ މުޙައްމަދު (62އ) އާއި ދަފްތަރު ނަންބަރު 5490، އަޙްމަދު ޙަނީފް (52އ) --

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ފަސް މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، ސައުތުރޯސް، މޫސާ މުންތަސިމް (29އ) އާއި ދަފްތަރު ނަންބަރު 1503، އާމިނަތު ޙިލްމީ (62އ) އާއި  ދަފްތަރު … ތަފްސީލް


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ.މަނަދޫ ޕޮލިސް ސްޓޭޝަނާއި މިލަދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުންދާ ބޯޓަކުން ހޮޅުދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޑިސެމްބަރ 23ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދިވެހި … ތަފްސީލް


moodhu kasrathu

ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި ގެމަނަފުށި ކައުންސިލް ގުޅިގެން “ހަށިހެޔޮ ދުޅަހެޔޮ” ގެ ނަމުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. ޑިސެމްބަރު 21 ވަނަ ދުވަހު ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ގެމަނަފުށީގެ ކަނބަލުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކަސްރަތުގެ މުހިންމުކަން އޮޅުންފިލުވައި ދީ … ތަފްސީލް


volly

އއ.ބޮޑުފޮޅަދޫ ކައުންސިލާއި އއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން، ބޮޑުފޮޅަދޫގައި ވޮލީ ކޯޗިންގ ކޭމްޕެއް ފަށައިފިއެވެ. ޑިސެމްބަރ 22ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބޮޑުފޮޅުދޫ ވޮލީކޯޓުގައި ކުރިއަށްގެންދާ މި ވޮލީ ކޯޗިން ކޭމްޕުގައި، ކުޅިވަރުގެ އަޚުލާޤާއި ވޮލީގެ ޤަވާއިދުތަކާއި ވޮލީގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ. މި ކޭމްޕު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އއ. އަތޮޅު … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »