viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ. ގއ.މާމެންދޫން ވިލިނގިއްޔަށް މަސްތުވާތަކެތި ބަލައި އަންނަ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 38  އަހަރުގެ މީހެކެވެ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، އޮކްޓޫބަރ 22ވަނަ ދުވަހު ހިންގި … ތަފްސީލް


Ahmed Shareef FRU

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ، ހ.ފެހިފަށުވިގެ، އަޙްމަދު ޝަރީފް (50އ) އެވެ. އަޙްމަދު ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، … ތަފްސީލް


Ahmed Habeeb FRU

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ، މއ.އާދިއްޕަރު، އަޙްމަދު ޙަބީބް (38އ) އެވެ. އަޙްމަދު ޙަބީބް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، … ތަފްސީލް


ފައިލް ފޮޓޯ--

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ.ނައިފަރު ޕޮލިސް ސްޓޭޝުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ.  ނައިފަރުގައި މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލުމާތަކާއި ގުޅިގެން ހިންގި މި ދެއޮޕަރޭޝަންގެ ތެރެއިން ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ އޮކްޓޫބަރ 16ވަނަ ދުވަހުއެވެ. މިއޮޕަރޭޝަންގައި 24 އަހަރުގެ ފިރހެނަކު ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، … ތަފްސީލް


holhudhoo

އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފޮއްދޫ ސްކޫލްގައި ކުރިއަށް ގެންގޮސްފިއެވެ.   ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޮކްޓޫބަރ 17ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ ނ.ފޮއްދޫ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނާއި އަދި ބެލެނިވެރިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ފޮއްދޫގެ ރައްޔިތުންނަކީ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބާ … ތަފްސީލް


viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ.ބާރަށު ޕޮލިސް ސްޓޭޝުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ. ބާރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ  23 އަހަރުގެފިރިހެނެކެވެ. ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރ 20ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، ބާރަށު ބަނދަރު ސަރަޙައްދުން … ތަފްސީލް


Shahid hikikashimaage Ma

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.  މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ކ.މާލެ، މ.ހިކިކަށިމާގެ، މުޙައްމަދު ޝާހިދު (54އ)  އެވެ. މުޙައްމަދު ޝާހިދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ބަލަމުންދާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ … ތަފްސީލް


ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތްކުރަނީ --

ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައާއި އެކި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަހުޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އިއްޔެ ނައްތާލައިފިއެވެ.  ދޫނިދޫގައި މިތަކެތި ނައްތާލައިފައިވަނީ މަސްތުވާތަކެއްޗާއިބެހޭ މައްސަލަތަކުގައި ހެކީގެގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެގޮތުގެ ޤަވާއިދުގެ ދަށު ޕްރޮސިކިއުޓަރ ޖެނެރަލް އެކުލާވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އިއްޔެ ނައްތާލާފައިވަނީ 2008 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި، … ތަފްސީލް


Police Club1

ފޯރިގަދަ ކުޅުމަކަށްފަހު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައި ޕޮލިސް ކުލަބުން  50 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ޕޮިލސް ކުލަބުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ފޮނަދޫއިންނެވެ. މިސެޓް އެޓީމުން ކާމިޔާބުކުރީ 25-15 އިންނެވެ. … ތަފްސީލް


viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަދުގެ 16:44 ހާއިރު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެކެވެ. ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »