viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ. މާލެއިން ނައިފަރަށް ދަތުރުކުރަމުންދާ ބޯޓަކުން ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން  ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހެކެވެ. ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، … ތަފްސީލް


ފައިލް ފޮޓޯ--

ބ. ހިތާދޫ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި  އެފިހާރައިން ގިނައަދަދެއްގެ ފައިސާއާއި މުދާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ހިތާދޫ  ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެފިހާރައިން ވައްކަންކޮށްފައިވާ ކަމަށްބުނެ، ސެޕްޓެމްބަރ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ. … ތަފްސީލް


GIDVD125

ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ސައްޙަނޫން ޑޮލަރުތަަކަކުން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ. ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި … ތަފްސީލް


މާލެ، ހ.ފެހިފަށުވިގެ، އަޙްމަދު ޝަރީފް

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ މާލެ، ހ.ފެހިފަށުވިގެ، އަޙްމަދު ޝަރީފް (50އ) އެވެ. އަޙްމަދު ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ … ތަފްސީލް


ކވ: ގދ.ގައްދޫ، ކެންނާރިގެ، އަޙްމަދު ޝާފިޒް އާއި ހދ.ނައިވާދޫ، ރިވެލި، ސަމާ ޝަރީފް އަދި މާލެ، މއ.ބުލާޝަމްގެ، ޢަބްދުﷲ ޙުޝާމް

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިއަމުރުތަކާ ގުޅިގެން ހޯދުމަށްދަނީ ގދ.ގައްދޫ، ކެންނާރިގެ، އަޙްމަދު ޝާފިޒް (27އ) އާއި ހދ.ނައިވާދޫ، ރިވެލި، ސަމާ ޝަރީފް (23އ) … ތަފްސީލް


viber image

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މަޑުއްވަރީގައި މަސްތުވާތަކެތި ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ  53 އަހަރުގެ ފިރިހެނެކެވެ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، … ތަފްސީލް


ހުކުރު މިސްކިތްތެރެއިން ވެރިއަކު ނެތް ފޯނެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، ފޯނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ސެމްސަންގް ގެލެކްސީ އެސް6 ޕްލަސް ބްރޭންޑުގެ މި ފޯނު ފެނިފައިވަނީ 2018 ޖުލައި 06 ވަނަ ދުވަހު ހުކުރު މިސްކިތް ތެރެއިންނެވެ. ވީމާ މިފޯނުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ … ތަފްސީލް


Ops

ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން “އޮޕަރޭޝަން ބްލޫވޭވް” ގެ އޮޕަރޭޝަނަލް ފޭސް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ފައްޓަވައިދެއްވައިފިއެވެ. މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ބްރީފިންގގައި “އޮޕަރޭޝަން ބްލޫވޭވް”ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައި ދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި މަގުމަތީގެ އަމާންކަމާއި … ތަފްސީލް


oPS2

މިއީ 2018 ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން “އޮޕަރޭޝަން ބްލޫވޭވް” ގެދަށުން ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ވަގުތުން ގެނެސްދިނުމަށް ޕޮލިސް މީޑިއާ … ތަފްސީލް


MPS2

ސިއްރުފެންފުށި ރިސޯޓުގައި ބަހައްޓާފައިވާ ކޮރަލެރިއަމް ނެގުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް ސިވިލްކޯޓުން ކޮށްފައިވާ އަމުރާއި ގުޅިގެން ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގގައި މަޢުލޫމާތު ދެއްވަމުން، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޖީ. ބީ. އެޗް … ތަފްސީލް


« ކުރީގެ ލިޔުންތައް