viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ޅ.ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޯގަސްޓް 15 ވަނަ ދުވަހުގެ 17:00 ހާއިރު ހިންނަވަރު … ތަފްސީލް


DED127

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ މާލެ، މއ.ގުލްބަކާގެ، އަޙްމަދު ޒިޔާން (41އ) އާއި ތ.ތިމަރަފުށި، ބިސްގެ، ޢަލީ ލިޝާމް (28އ) އަދި ސ.ހިތަދޫ، ހާލަމް، އަމްޖަދު އަޙްމަދު (37އ) އެވެ. ވީމާ މި ތިން މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ … ތަފްސީލް


އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ސްޕްޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނަކީ މުހިންމު މަސައްކަތްތަކެއްކުރައްވާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސައްކަތްތަކުގައި އަބަދުވެސް … ތަފްސީލް


FMC2

ޕޮލިސް އެކަޑަމީން މުޅިން އަލަށް ފަރުމާކޮށްގެން ހިންގި ފަސްޓް ލައިން މެނޭޖްމަންޓް ކޯހުގެ ފުރަތަމަ ބުރު ނިންމައި ދަސްވެނިވި ބައިވެރިންނަށް ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދަސްވެނިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ. މިރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ … ތަފްސީލް


viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަނުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މިއޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 30 އަހަރުގެ މީހެކެވެ. މީގެތެރެއިން 18 އަހަރުންދަށުގެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެކުއްޖާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ފަތިހު … ތަފްސީލް


ކވ: އިބްރާހީމް ރިޔާޟް - މުޙަައްމަދު ފަރުޞީދު

 ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ށ.ގޮއިދޫ، ދޫރެސް، އިބްރާހީމް ރިޔާޟް (36އ) އާއި ސ.މަރަދޫ، މައިޒާން، މުޙަައްމަދު ފަރުޞީދު (40އ) އެވެ. ވީމާ މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް … ތަފްސީލް


Dhihdhoo

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިންގި ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް  ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން އޮގަސްޓް 12 ވަނަ ދުވަހު އެސްކޫލުގެ ޓީޗަރސް ރިސޯސް ސެންޓަރުގައި ކުރިއަށް ގެންދިޔަ މިސެޝަންތަކަކީ ޓްރެފިކް މޮނީޓަރުންގެ މަސައްކަތްތައް … ތަފްސީލް


hinmafushi

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލުމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، އޮގަސްޓް 10 ވަނަ ދުވަހުގެރޭ … ތަފްސީލް


viber image

އައްޑޫސިޓީ ހުޅުމީދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ އެކަނިވެރިންގެ ގޭގެއަށް ޒިޔާރަތްކޮށް ހާލުއަހުވާލު އޮޅުންފިލުވައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.  އޮގަސްޓް 11ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ ތެރެއިން،  ހުޅުދުއާއި މީދޫގައި އުމުރުން ދުވަސްވީ އެކަނިވެރިން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. … ތަފްސީލް


MPS2

އަމީނީމަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިން ވެރިއަކު ނެތް ފައިސާތަކެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ިމިފައިސާތައް ފެނިފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އަމީނީ މަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިންނެވެ. ވީމާ މިފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »