އާދިއްތަ ،26 އޯގަސްޓް 2018 / 14:26
މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ިމަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އޮގަސްޓް 25ވަނަ ދުވަހު ނައިފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހެކެވެ. މިމީހާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން … ތަފްސީލް
އާދިއްތަ ،26 އޯގަސްޓް 2018 / 11:15
ލ. ގަމުގައި މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި، މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ރޭ 23:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ … ތަފްސީލް
ބުދަ ،22 އޯގަސްޓް 2018 / 12:03
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ ެއިތުރުން 19 އަހަރުގެ ފިރިހެނެކެވެ. 37 އަހަރުގެ މީހާއާއި 38 އަހަރުގެ މީހާ އަދި … ތަފްސީލް
ބުދަ ،22 އޯގަސްޓް 2018 / 11:09
ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ. ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް … ތަފްސީލް
ބުދަ ،22 އޯގަސްޓް 2018 / 11:07
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ.ބާރަށު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ އޮގަސްޓް 19 ވަނަ ދުވަހު ބާރަށުގައި ކުރިއަށް ގެންދިޔަ ޓްރެފިކްގެ މިއޮޕަރޭޝަނަކީ، ބާރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ބާރަށުގެ މަގުތަކަކީ ރައްކާތެރި … ތަފްސީލް
ބުދަ ،22 އޯގަސްޓް 2018 / 11:05
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފަިއވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮގަސްޓް 18 ވަނަ ދުވަހު ހިންގި … ތަފްސީލް
ބުދަ ،22 އޯގަސްޓް 2018 / 11:00
ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަނުގައި މަސައްކަތް ކުރާ ފުލުހުންނަށް އަމާޒުކޮށްގެން ޕަބްލިކް އޯޑަރ ރިފްރެޝަރ ޕްރޮގްރާމެއް ލ.ގަން އަދި ލ.ފޮނަދޫގައި ކުރިއަށް ގެންގޮސްފިއެވެ އޮގަސްޓް މަހުގެ 17 ން 19 ވަނަދުވަހު ކުރިއަށް ގެންދިޔަ، މި ޕްރޮގްރާމުގައި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތް ކުރާ 20 ފުލުހަކުވަނީ ބައިވެރިވެފައެވެ. މިޕްރޮގްރާމުގައި، އެއްވުންތައް ރޫޅާލާނެ ގޮތާއި ފުލުހުންގެ … ތަފްސީލް
ބުރާސްފަތި ،16 އޯގަސްޓް 2018 / 14:26
ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިންގ ޔުނިޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ.ރަތަފަންދޫ، ޝިފާނާމަންޒިލް، އާދަމް ސަޢީދު (30އ) އެވެ. ވީމާ އާދަމް ސަޢީދުއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެންޓި ހިއުމަން ޓްރެފިކިންގ ޔުނިޓުގެ ނަމްބަރު 9500125 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި … ތަފްސީލް
ބުރާސްފަތި ،16 އޯގަސްޓް 2018 / 14:24
ކުުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ސ.ހިތަދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިތަދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ކޮންމެ ހަފްތާއަކު ވެސް ހިތަދޫގެ ހުރިހާ ފިހާރައަކަށް ގޮސް އެތަންތަނުގެ ވެރިފަރާތްތަކާއި ވާހަކަ ދައްކާ ގުޅުން ބަދަހިކުރުމާއި، … ތަފްސީލް
ބުރާސްފަތި ،16 އޯގަސްޓް 2018 / 11:04
ސ. ހުޅުދޫ ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ހުޅުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބެލެނިވެރިންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ މުހިންމުކަމާއި ރަނގަޅު ގޮތުގައި ދަރިން … ތަފްސީލް