Maafushi

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކ. މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ. މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ އަންހެނެކެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިއަންހެންމީހާ ހައްޔަރުކޮށްފައިވަނީ އޭޕްރީލް … ތަފްސީލް


1233

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީޑިއާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުން މީޑިއާގެ އެކި ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އިން ފަށައިފިއެވެ. އިއްެޔެއިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، ޕޮލިސް މީޑިއާ ސެންޓަރުގައި މަސައްކަތްކުރާ  މުވައްޒަފުންގެ އިތުރުން ޓްރެފިކް މެނޭޖްމަންޓް އަދި ޕަބްލިކް … ތަފްސީލް


ހުރާގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

ހުރާ ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުންނާއި އަދި ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކ.ހުރާގައި ކުރިއަށް ގެންގޮސްފިއެވެ. އެޕްރީލް 26ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ހުރާ ސްކޫލާއި، ހުރާ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން ހުރާ ސްކޫލްގެ … ތަފްސީލް


ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި.. ފޮޓޯ: ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްކަތުގެ ތެރެއިން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް … ތަފްސީލް


Maafushi Drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެޕްރީލް 26ވަނަ ދުވަހު، މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ އަންހެނެކެވެ. މާފުށި ޖަލު ސަރަހައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، … ތަފްސީލް


ދިއްދޫގައި ހިންގި ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

އދ. ދިއްދޫ ޕޮލިސް ޑެސްކުން އިންތިޒާމްކޮށްގެން އދ. ދިއްދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. ދިއްދޫ އިޖުތިމާޢީ މަރުކަޒުގައި އޭޕްރީލް 25 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް … ތަފްސީލް


viber image

ކުށްމަދު އަމާން މާޙައުލެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މުލީގެ ރައްޔިތުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މުލީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. އެޕްރީލް 25ވަނަ ދުވަހުފެށި މިޕްރޮގްރާމަކީ، ކުށްކުރުމުގެ ކުރިން ކުށުން ރައްކާތެރިވެތިބުމަށް އެޅެންހުރި ހަރުދަނާ ފިޔަވަޅުތައް އެޅުމާއި، ރައްޔިތުންނާއި ފުލުހުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. … ތަފްސީލް


huwa26418

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ  ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޝުޖާޢު ޢުޘްމާނުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ  ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޝުޖާޢު ޢުޘްމާން ވިދާޅުވީ ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި … ތަފްސީލް


ހުޅުމާލޭގައި ހުރި އޮފީހުގެ ތިޖޫރި ހަލާކުކޮށްލުމަށް މަސައްކަތްކޮށްފައި: މިމައްސަލައާ ގުޅިގެން ދެމީހަކު ވަނީ ހައްޔަރުކޮށްފައި --

ހުޅުމާލޭގައި ހުންނަ ކުންފުންޏެއްގެ އޮފީހަކަށް ވަގަށް ވަދެ، އެއޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ އަންނާތީ ހުޅުމާލޭ ޕޮލިސްއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ރޭ 03:10 ހާއިރު … ތަފްސީލް


viber image

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ. އޭޕްރީލް 22ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނަކީ، ހޯރަފުށީގައި ދުއްވާ  އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމާއި،  ހޯރަފުށީގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި މަގުތަކަކަށް ހެދުމުގެ … ތަފްސީލް


« ކުރީގެ ލިޔުންތައް