ޓްރެފިކް އޮޕަރޭޝަންގެ ތެރެއިން.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ، ނައިފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ނައިފަރުގެ މަގުތަކަކީ ރައްކާތެރި، އަމާން … ތަފްސީލް


mulak

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މ. މުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ފެބްރުވަރީ 17ވަނަ ދުވަހުގެރޭ 1:34 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ  36 އަހަރުގެ ފިރިހެނެކެވެ.  މިމީހާ … ތަފްސީލް


ކ.ވ: ސ.ހުޅުުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (36އ) އާއި ކ.މާލެ، ގ.ގޯލްޑަންސްޕްރިންގ، ޢަލީ އިރުފާން (30އ)

ފުލުހުން ތަޙުޤީޤް ކުރަމުންދާ ދެމައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހުޅުުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (36އ) އާއި ކ.މާލެ، ގ.ގޯލްޑަންސްޕްރިންގ، ޢަލީ އިރުފާން (30އ) އެވެ. އަޙްމަދު ޔާނިސް ހޯދަމުންދަނީ، އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ވައްކަމުގެ މައްސައަކާ ގުޅިގެންނެވެ. އަދި  ޢަލީ އިރުފާން ހޯދަމުންދަނީ، ފުލުހުންގެ … ތަފްސީލް


thinadhoo

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފެބްރުއަރީ 15 ވަނަ ދުވަހުގެ 12:55 ހާއިރު ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ  40 އަހަރުގެ ދިވެހި … ތަފްސީލް


keyodhoo

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވ އަތޮޅު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ވ. ތިނަދޫއިން ހައްޔަރުކޮށްފިއެވެ. ވ އަތޮޅަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ވ އަތޮޅު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 … ތަފްސީލް


GA1

ކުށްމަދު އަމާން މާޙައުލެއް ޤާއިމްކުރުމަށް ރަށްރަށުގައި ފުލުހުން ކުރިޔަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން، ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުން އެރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން، ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ތެރެއިން، ވިލިނގިލީގެ ގެތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީ ހޭލުންތެރިކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ތެރެއިން އިއްޔެ … ތަފްސީލް


landhoo

 ނ. ލަންދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންގޮސްފިއެވެ. ފެބްރުވަރީ 14ވަނަ ދުވަހު ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގައި، މަޢުލޫމާތު ދީފައިވަނީ ލަންދޫ ސްކޫލްގެ ގްރޭޑް 1ން 3ށް ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަށެވެ. މި ޕްރޮގްރާމުގައި 59 ދަރިވަރަކު ބައިވެރިވެފައިވެއެވެ.  މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް، ކުދިންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި، މަގުމަތީގައި ހިނގާބިނގާވެ … ތަފްސީލް


neyfaru

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ފެބްރުވަރީ 13ވަނަ ދުވަހުހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ  25 އަހަރުގެ ފިރިހެނެކެވެ.  މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ސެލޯފިންކޮޅު … ތަފްސީލް


holhudhoo

ނ. ހޮޅުދޫ މޭނާ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ މޭނާ ސްކޫލްގެ އެދުމުގެމަތިން، ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން  މޭނާ ސްކޫލުގެ ގްރޭޑް 1ން 6ށް ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމާއި … ތަފްސީލް


MPS2

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ރޭގެވަގުތެއްގައެވެ. ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު … ތަފްސީލް


« ކުރީގެ ލިޔުންތައް